
ފިލިޕީންސް އަށް އައި ބިންހެލުމާއި ގުޅިގެން ރައީސް ޑރ މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

މުޙައްމަދު ފަޟްލޫން - 09 ޖޫން 2026 - 10:37
ފިލިޕީންސްގެ މިންޑަނާއޯގެ އައްސޭރިފަށަށް އައި ބިންހެލުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އެ ޤައުމުގެ ރައީސް، ފަރޑިނަންޑް ރޮމުލްޑޭޒް މާކޮސް ޖޫނިއަރ އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، އެތައް ބައެއްގެ ފުރާނަ ގެއްލި އަދި ގިނަ ބަޔަކު ޒަޚަމްވި މި ނުރައްކާތެރި ބިންހެލުމުގެ ޚަބަރު އަޑުއެއްސެވީ، ފުން ހިތާމައާ އެކުގައިކަން ހާމަކުރައްވާފައެވެ.
ރައީސް ވަނީ ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި، ފިލިޕީންސްގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، ބިންހެލުމުގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވާފައެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، މީހުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި، ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.
ފިލިޕީންސްގެ މިންޑަނާއޯގެ އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވަނީ މި ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.
ރެކްޓަރ މިންގަނޑުން 7.8 މެގްނިޓިއުޑްގެ ބާރު މިނުގައި އައި މި ބިންހެލުމުގެ ސަބަަބުން މިންޑަނާއޯގެ ބައެއް އިމާރާތްތަކުގައި ރެނދުލައި އަނެއްބައި އިމާރާތްތައްތައް ވެއްޓި އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.
ގުޅުން ހުރި ޙަބަރުތައް
.png&w=3840&q=75)
ޝަމްއާން ރައީސް އާއި ބެހޭ ގޮތުން ހެއްދެވީ ބުހުތާނު ދޮގު: ތަރުޖަމާނު
16 މިނިޓު ކުރިން

އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރ ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
3 ގަޑިއިރު ކުރިން

މިއަހަރު ހައްޖަށްދިޔަ 3 ވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ
5 ގަޑިއިރު ކުރިން

އައްޑޫ އެކްސިޑެންޓްގައި ރަމީޒް ނިޔާވުމާއި ގުޅިގެން ޖިނާއީ ތަހުގީގެއް ފަށައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)