logo
ހުޅުމާލޭ ފަޅުތެރޭގައި އަޅާފައިވާ ސަފާރީ ބޯޓުތައް---

ހުޅުމާލޭ ފަޅުތެރޭގައި އަޅާފައިވާ ސަފާރީ ބޯޓުތައް---

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން ތަހުގީގުކުރުމަށް ބޯޓިންގ އެސޯސިއޭޝަނުން ގޮވާލައިފި

profile

ޖިނާން ޙުސައިން ޖަބީން - 01 ނޮވެމްބަރު 2026 - 12:58

ރާއްޖޭގައި އޮޕަރޭޓްކުރާ 'މޯލްޑިވްސް ލެޖެންޑް ލައިވްއަބޯޑް' އަދި 'އިންފިނިޓީ އެކްސް' ގެ ޑައިވިން ޓީމުތަކުގެ މެދުގައި ހިނގައިދިޔަ ހަމަނުޖެހުމުގެ މައްސަލަ، ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއެކު ތަހުގީގުކޮށްދިނުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެންބީއޭއެމް) އިން ކަމާބެހޭ އިދާރާތަކަށް ގޮވާލައިފިއެވެ.

https://wamco.com.mv/

މި ހަމަނުޖެހުމުގެ ވީޑިއޯތައް މީސްމީޑިއާގެ އެކި މަންސަތަކުގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. މިކަމާ ގުޅިގެން އެންބީއޭއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ހީނަރުކަމެއް އަތުވެދާނެ ފަދަ ސީރިއަސް މައްސަލައެއް ކަމަށްވާތީ، އެއްވެސް ފަރާތަކުން ގާނޫނާ ހިލާފުވެފައިވާ ނަމަ އެ ފަރާތަކާމެދު ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

View post on Twitter

ހަމައެހެންމެ، ކަން ހިނގާދިޔަ ގޮތުގެ ހަގީގަތް ސާފުނުވަނީސް އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުތައް ނުކުރުމަށާއި، ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީ ގެ އިތުރުން ކަމާ ގުޅުންހުރި އިދާރާތަކުން ގުޅިގެން ހާމަކަން ބޮޑު ގޮތެއްގައި އިންސާފުވެރި ތަހުގީގެއް ކޮށްދިނުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

މީގެ އިތުރުން ދިވެހިންގެ ބައިވެރިވުމެއް ނެތި ކުންފުނި ރަޖިސްޓްރީކޮށްގެން ހިންގާ އުޅަނދުތަކުގެ މައްސަލަ ފާހަގަކުރަމުން އެންބީއެމްއިން ބުނީ، 'އިންފިނިޓީ އެކްސް' އަކީ ކުރިން ބޭރުގެ އުޅަނދެއްގެ ގޮތުގައި އޮޕަރޭޓްކުރުމަށްފަހު، ގަވާއިދަށް ގެނައި ބަދަލުތަކާއެކު ރާއްޖޭގެ ކުންފުންޏަކަށް ބަދަލުކޮށްފައިވާ އުޅަނދެއް ކަމަށެވެ. އެހެންކަމުން، މިފަދަ އުޅަނދުތަކުގެ ހަގީގީ މިލްކުވެރިކަމާއި އޮޕަރޭޝަނަލް ކޮންޓްރޯލް އޮތް ގޮތް ކަމާބެހޭ އިދާރާތަކުން ބަލަންޖެހޭ ކަމަށް ވަނީ ބުނެފައެވެ. އަދިހަމައެހެންމެ، ބޯޓިން ދާއިރާއަކީ ދިވެހިންގެ ބުރަ މަސައްކަތުން ބިނާކޮށްފައިވާ ދާއިރާއަކަށް ވާތީ، ގަވާއިދުތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ވާދަވެރިކަން ގެއްލޭގޮތަށް ހިންގާ ނޭދެވޭ ވިޔަފާރިތަކުން ދިވެހިންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އެންބީއޭއެމްއިން އިތުރަށް ބުނެފައިވަނީ ރާއްޖެއަކީ ރައްކާތެރި ޑައިވިން މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމަށް އަބަދުވެސް ތައްޔާރަށް އޮތް ކަމަށެވެ.

https://wamco.com.mv/
tel:+9607331319