logo
ޖަރުމަނާއި ނޮދަން އަޔޭލެންޑް ވާދަކުރި މެޗުގެ ތެރެއިން

ޖަރުމަނާއި ނޮދަން އަޔޭލެންޑް ވާދަކުރި މެޗުގެ ތެރެއިން

ނޮދަން އަޔަލޭންޑް ބަލިކޮށް ޖަރުމަނު ގުރޫޕްގެ އެއްވަނައަށް

profile

ހަސަން ޝަމްއޫން - 14 އޮކްޓޯބަރު 2025 - 04:12

ފީފާ ވޯލްޑްކަޕް ކޮލިފައިންގ ޔޫރަޕްގެ ގުރޫޕް އޭގައި ރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން ނޮދަން އަޔަލޭންޑް ބަލިކޮށް ޖަރުމަން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

https://wamco.com.mv/

ކޮލިފައިންގައި ޖަރުމަނު އެންމެ ފަހުން ކުޅުނު މެޗުގައި 4-0 ގެ ނަތީޖާއަކުން ލަގްޒަމްބާގް އަތުން މޮޅުވެފައިވާއިރު، ނޮދަން އަޔަލޭންޑް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ސްލޮވާކިއާ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޖަރުމަނުންނެެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޖަރުމަނުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ނިކް ވޮލްޓެމޭޑް އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ޑެވިޑް ރައުމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޖަރުމަނުން ލީޑުހޯދުމުގެ ކުރިން މިމެޗުގައި ނޮދަން އަޔަލޭންޑުން ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮސައިޑް ލަނޑެއްކަމަށެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-0 ގެ ނަތީޖާއަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޖަރުމަނުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ނޮދަން އަޔަލޭންޑުން ވަނީ ކައުންޓާ އެޓޭކުތަކުގައި ޖަރުމަނުގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް އެޓީމަށް ލިބުނުވފުރުސަތުތަކުގެ ބޭންނުކުރެވި މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-0 ގެ ނަތީޖާއަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ.

މިގުރޫޕްގައި ރޭ ކުޅުނު ދެވަނަ މެޗުގައި ސްލަވާކިއާ އިން ވަނީ 2-0 ގެ ނަތީޖާއަކުން ލަގްޒަމްބާގް ބަލިކޮށްފައެވެ.އަދި ރޭގެ މެޗުތަކާއެކު މިގުރޫޕްގެ ކޮންމެ ޓީމަކުން ވެސް ހަތަރު މެޗު ކުޅެފައިވާއިރު ޖަރުމަނު އަދި ސްލޮވާކިއާއަށް ވެސް ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ. ނަމަވެސް ލަނޑުގެ ތަފާތުން ގުރޫޕްގެ އެއްވަނަ ލިބެނީ ޖަރުމަނަށެވެ.

ގުރޫޕްގެ ދެވަނައިގައި ސްލޮވޭކިއާ އޮތްއިރު، ތިންވަނައިގައި އޮތް ނޮދަން އަޔަލޭންޑަށް ލިބިފަިއިވަނީ ހަ ޕޮއިންޓެވެ. އަދި ގުރޫޕްގެ ފުލުގައި މިވަގުތު އޮތީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އޮތް ލަގްޒަމްބާގު އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay