logo

ޕްލާސްޓިކް މަދުކުރަން ގަވާއިދެއް!

profile

ރިޟްވާން މޫސާ - 09 ޖޫން 2026 - 10:36

ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ފިޔަވައި، ރާއްޖޭގައި ބޭނުންކުރާ އެހެނިހެން ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައިފިއެވެ.

https://wamco.com.mv/

ކުނި މެނޭޖްކުރުމުގެ ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން އެކުލަވާލި މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ، ޕްލާސްޓިކްގެ ބޭނުންކުރުން ހުއްޓުވުމާއި، ގާނޫނީ ގޮތުން އެކަމަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުމެވެ. މި ގަވާއިދު ތަންފީޒުކުރުމުގެ ޒިންމާ އަދާކުރާނީ އެންވަޔަރުމެންޓް މިނިސްޓްރީ، އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ، އަދި ކަސްޓަމްސް އިންނެވެ.

މި ގަވާއިދާ ޚިލާފުވާ ފަރާތްތައް 100،000 (އެއްލައްކަ) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެހެން އުސޫލު ވަނީ ކަނޑައަޅާފައެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާތާ 12 މަސް ދުވަހުގެ ތެރޭގައި، 2030 ގެ ނިޔަލަށް ޕްލާސްޓިކް މަދުކުރުމަށް "ފޭސްއައުޓް ޕްލޭނެއް" މިނިސްޓްރީން ގެޒެޓުކުރަންވާނެއެވެ. މި ޕްލޭން އެކުލަވާލާނީ އިގްތިސާދަށާއި ތިމާވެއްޓަށް ކުރާނެ އަސަރަށް ބެލުމަށްފަހު، ގުޅުންހުރި ހުރިހާ ފަރާތްތަކާ މަޝްވަރާކޮށްގެންނެވެ.

މި ޕްލޭންގައި ހިމަނަންޖެހޭ މުހިންމު ކަންކަމުގެ ތެރޭގައި ޕްލާސްޓިކް މަނާކުރަންޖެހޭ ސަބަބާއި، އޭގެ ބަދަލުގައި ބޭނުންކުރެވިދާނެ ތަކެއްޗާއި، މަނާކުރާ ތާރީޚުތައް އާންމުންނަށް ހަނދާންކޮށްދޭނެ ގޮތްތަކުގެ އިތުރުން ގަވާއިދު ނުހިނގާނެ ހާލަތްތައް ހިމެނެއެވެ.

މި ގަވާއިދުގެ ބައެއް ފިޔަވަޅުތަކުން އިސްތިސްނާވާ ހާލަތްތަކެއް ހިމެނެއެވެ. އެއީ ބައިނަލްއަގްވާމީ އެއާލައިންތަކުން ޝިޕްސްޓޯގެ ގޮތުގައި ގެންނަ ތަކެއްޗާއި ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންނަށް ޑިއުޓީ ފްރީ ފިހާރައިގައި ބޭނުންކުރާ ތަކެތި ހިމެނެއެވެ.

ހަމައެއާއެކު ރައީސްގެ ގަރާރުން މަނާކުރާ ކޮތަޅުތައް ދެނެގަތުމަށް، ކޮތަޅުގެ ދިގުމިނާއި ފުޅާމިން އަދި ބޯމިން ބަލާނެ ގޮތުގެ ޚާއްސަ އުސޫލެއް ވެސް ވަނީ ކަނޑައަޅާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk