
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫން މީހަކު ހައްޔަރަށް

އާމިނަތު ޝަޒްލާ - 24 މޭ 2026 - 15:44
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ގއ. ކަނޑުހުޅުދޫން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ކަނޑުހުޅުދޫ، ލިންކިން ޕާރކް، އުމުރުން 45 އަހަރުގެ މުޙައްމަދު މަޤުޞަދުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މެއި މަހުގެ 22 ވަނަ ދުވަހު ކަނޑުހުޅުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަންގައި، އޭނާ ދިރިއުޅޭ ގެއިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 6.5 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޢީދު ބަންދާ ދިމާކޮށް އާންމު ޝެޑިއުލްއިން ބޭރުން 200 ދަތުރު މޯލްޑިވިއަނުން އިތުރުކޮށްފި
3 ގަޑިއިރު ކުރިން

ރާއްޖޭގެ އިތުރު ސަރަހައްދުތަކެއް ޚިމާޔަތް ކުރުމަށް ދަނީ މަސައްކަތް ކުރަމުން: ތިމާވެއްޓާ ބެހޭ ވުޒާރާ
3 ގަޑިއިރު ކުރިން

ކޮވިޑް ފެސިލިޓީގައި ގާއިމްކުރި ހުޅުމާލެ ޖަލުގެ އާ ޔުނިޓް ބޭނުންކުރަން ފަށައިފި
3 ގަޑިއިރު ކުރިން

ޗައިނާގައި ހިނގި ގޭސް އެކްޕްލޯޝަން އާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)