logo

މަސްވެރިކަމުގެ ސިނާއަތަށް މާލީ އެހީ ހޯދަން ވޯލްޑް ބެންކާ އެކު މަޝްވަރާކޮށްފި

profile

ޝުރުފާ މުހަންމަދު - 20 ސެޕްޓެމްބަރު 2024 - 17:45

ފިޝަރީޒް މިނިސްޓަރ ޝިޔާމް ވޯލްޑް ބެންކުގެ ބޭފުޅުންނާ ބައްދަލުކުރެއްވުން --- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ފިޝަރީޒް މިނިސްޓަރ ޝިޔާމް ވޯލްޑް ބެންކުގެ ބޭފުޅުންނާ ބައްދަލުކުރެއްވުން --- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ވޯލްޑް ބެންކާ އެކު މަޝްވަރާ ކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ބުނިގޮތުގައި މިކަމާ ގުޅޭގޮތުން މަޝްވަރާތައް ކޮށްފައިވަނީ ވޯލްޑް ބޭންކުގެ އިރުމަތީ އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދުގެ ތިމާވެށި، ގުދުރަތީ ވަސީލަތްތައް އަދި ނޫ އިޤްތިޞާދުގެ ޕްރެކްޓިސް މެނޭޖަރ މިސް އޭން ޖީނެޓް ގްލޯބަރ އާއި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމާ ދެމެދުގައި ކަމަށެވެ.

މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކަމާ ބެހޭ ފަރާތްތަކަށް މިނިސްޓަރ ބައްދަލު ކުރައްވަމުން އަންނަ އިރު، މިނިސްޓްރީން ބުނިގޮތުގައި މި ބައްދަލުވުމުގައި ވެސް އެ ދާއިރާއަށް މުހިންމު ކަންތައްތަކެއްގެ މައްޗަށް އަލިއަޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓްކުރިއަށްދާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ވޯލްޑް ބޭންކުން އިތުރަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މިނިސްޓްރީން ބުނިގޮތުގައި މިނިސްޓަރ ވަނީ މިފްކޯއަށް ގަންނަ މަހުގެ %65 އަކީ ރާއްޖެއިން އެކްސްޕޯޓް ކުރާ ރޯ މަސްކަން ފާހަގަކުރައްވާ އެ އަދަދު މަދުކުރަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ވެސް ވިދާޅުވެފައެވެ.

މަސްވެރިކަމުގެ ދާއިރާއަށް ވޯލްޑް ބެންކުގެ އެހީތެރިކަން ހޯދުމަށް ބައްދަލުވުމެއް ބޭއްވި އިރު އެ މިނިސްޓްރީން ވަނީ އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑެވެލޮޕްމަންޓުގެ ބޭފުޅުންނާއި އެކު ވެސް ބައްދަލުވުމެއް ބާއްވާފަ އެވެ. އަދި އެ ބައްދަލުވުމުގައި، ދާއިރާ ކުރިިއެރުވުމަށް ފަންޑުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ.

tel:+9607331319