logo
އައިސްލޭންޑް ކޮޅަށް ލަނޑުޖެހުމަށް ފަހު ފްރާންސްގެ ކުޅުންތެރިން އުފާފާޅުކުރަނީ

އައިސްލޭންޑް ކޮޅަށް ލަނޑުޖެހުމަށް ފަހު ފްރާންސްގެ ކުޅުންތެރިން އުފާފާޅުކުރަނީ

އައިސްލޭންޑުން ފުރާންސް މޮޅުވިޔަނުދީ ހުއްޓުވައިފި

profile

ހަސަން ޝަމްއޫން - 14 އޮކްޓޯބަރު 2025 - 03:14

ފީފާ ވޯލްޑްކަޕް ކޮލިފައިން ގުރޫޕް ޑީގައި ރޭ އަމިއްލަ ދަނޑުގައި އައިސްލޭންޑުން ފުރާންސާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެ އެވެ.

https://wamco.com.mv/

ކޮލިފައިންގައި ފުރާންސް އެންމެ ފަހުން ކުޅުނު މެޗުގައި އަޒަރުބައިޖާން އާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އައިސްލޭންޑް އެންމެ ފަހުން ކުޅުނު މެޗުގައި ޔުކްރެއިން އާއި ވާދަކޮށް 5-3 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފްރާންސް އިންނެވެ.

އަނިޔާގެ ސަބަބުން ކެޕްޓަން ކިލިއަން އެމްބާޕޭ އާއި ނުލައި ފްރާންސް އިން ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓްކުރީ ފްރާންސް އިންނެވެ. ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އައިސްލޭންޑް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ވިކްޓަރ ޕަލްސަން އެވެ.

ފްރާންސް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ކްރިސްޓޮފާ އެންކުންކޫ އެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ ފޯވާޑް މަޓެޓާ ވަނީ ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.

ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން އައިސްލޭންޑްގެ މިޑްފީލްޑަރު ކްރިސްޓިއަން ހިލިންސަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެެގެންނެވެ.

މިގުރޫޕްގައި ރޭ ކުޅުނު ދެވަނަ މެޗުގައި އަޒަރުބައިޖާން އަތުން 2-1 ގެ ނަތީޖާއަކުން ޔުކްރެއިން މޮޅުވެފައިވާއިރު، ރޭ ގެ މެޗުތަކާއެކު މިގުރޫޕްގެ ކޮންމެ ޓީމަކުން ވެސް ވަނީ ހަތަރު މެޗު ކުޅެފައެވެ. އަދި 10 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި ފްރާންސް އޮތްއިރު، ހަތް ޕޮއިންޓާއެކު ދެވަނައިގައި އޮތީ ޔުކްރެއިން އެވެ.

ގުރޫޕްގެ ތިންވަނައިގައި އޮތް އައިސްލޭންޑަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ގުރޫޕްގެ ފުލުފައި އޮތް އަޒަރުބައިޖާންއަށް ހަަތަރު މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay