logo

ޗާގޮސް ގަންނަން އެމެރިކާއިން ހުށަހަޅާފައެއް ނުވޭ: މޮރިޝަސް

profile

މުޙައްމަދު ފަޟްލޫން - 09 ޖޫން 2026 - 08:22

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ޗާގޯސް ޖަޒީރާ ގަތުމަށް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާކަމަށް މޮރިޝަސް ސަރުކާރުން އިއްޔެ ކަށަވަރުކޮށްދީފިއެވެ.

https://wamco.com.mv/

މޮރިޝަސްއިން މިކަން ހާމަކޮށްފައިވަނީ، އެމެރިކާގެ ވައިޓް ހައުސްއިން އެ ރަށްތައް ގަތުމުގެ ވިސްނުން ގެންގުޅޭ ކަމަށް އިނގިރޭސިވިލާތުގެ 'ދަ ޓެލެގްރާފް' ނޫހުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

މޮރިޝަސް ސަރުކާރުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ޓެލެގްރާފް ނޫހުގައި ޝާއިޢުކޮށްފައިވާ މައުލޫމާތުތައް އެ ގައުމުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ނަމަވެސް، ޑިއޭގޯ ގާސިއާ ނުވަތަ ޗާގޯސް ޖަޒީރާއާ ގުޅޭގޮތުން އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް ހެދުމަށް އެމެރިކާ ސަރުކާރުން ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރަކީ އެއްވެސް ހާލަތެއްގައި ދޫކޮށްލާނެ ނުވަތަ މުއާމަލާތެއް ކުރާނެ ކަމެއް ނޫންކަންވެސް އެ ގައުމުން ވަނީ ތަކުރާރުކޮށްފައެވެ.

މޮރިޝަސްއިން އަބަދުވެސް ވަކާލާތު ކުރަމުންދަނީ، 1968 ވަނަ އަހަރު އެ ގައުމަށް މިނިވަންކަން ލިބުމުގެ ކުރިން އިނގިރޭސިވިލާތުން ޗާގޯސް ވަކިކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކޮށްފައިވާ އަމަލެއް ކަމަށެވެ.

ބައިނަލްއަގުވާމީ ކޯޓުތަކުން ވެސް ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮތީ މޮރިޝަސްއަށް ކަމަށް ނިންމާފައެވެ.

ޓެލެގްރާފް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗާގޯސް ޖަޒީރާ ގަތުމަކީ ވައިޓް ހައުސްއިން މިހާރު ދިރާސާކުރަމުންދާ ކަންކަމުގެ ތެރޭގައި ހިމެނޭ ފުރުސަތެކެވެ.

މިކަމުގެ މައިގަނޑު މަގުސަދަކީ، އިންޑިއާ ކަނޑުގައި އޮންނަ މި ސްޓްރެޓީޖިކް ޖަޒީރާގެ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ ނިންމަވާފައިވާ ނިންމެވުން ބަދަލުކުރުން ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.

ޑިއޭގޯ ގާސިއާއަކީ އެމެރިކާއާއި އިނގިރޭސިވިލާތް ގުޅިގެން ހިންގާ ވަރަށް މުހިންމު އަސްކަރީ މަރުކަޒެއް އޮންނަ ރަށެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk