
ޑިއުޓީ މާފްކޮށް އެތެރެކުރި އުޅަނދުތައް ގަވާއިދާ ހިލާފްވާނަމަ ފިޔަވަޅުއަޅާނަން: ކަސްޓަމްސް

މުޙައްމަދު ފަޟްލޫން - 01 ޖެނުއަރީ 2026 - 06:58
މަޝްރޫއުތަކަށް ހާއްސަކޮށްގެން ޑިއުޓީ މައާފުކޮށް އެތެރެކުރި އުޅަނދުތައް ގަވާއިދާ ހިލާފަށް ބޭނުންކުރާ މައްސަލާގައި ފިޔަވަޅު އަޅާނެކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
މި އުޅަނދުތައް މަޝްރޫއު ނިމުމަށްފަހު ރާއްޖެއިން ބޭރަށް ނުގެންދިޔުމާއި، ޑިއުޓީ ނުދައްކައި ފަރާތްތަކަށް ކުއްޔަށް ދީ ބޭނުންކުރަމުންދާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
މި ކަމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވަމުންދާކަން ފާހަގަކުރެވެއެވެ.
ކަސްޓަމްސް އިން ބުނީ މިއަދުން ފެށިގެން މި އުޅަނދުތައް ހޯދައި ކަސްޓަމްސްގެ ކޮންޓްރޯލް ދަށަށް ގެނެސް، ޖޫރިމަނާ ކުރުމާއެކު ޑިއުޓީ ނަގާނެ ކަމަށެވެ.
މި ފިޔަވަޅު އަޅަން ނިންމީ ޑިސެމްބަރު 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމުގައި މި ކަންބޮޑުވުން ހުށަހެޅުއްވުމާ ގުޅިގެންނެވެ.
މިއީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ބައެއް ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބ. ދޮންފަނުގައި ސޯލާ ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި
3 ގަޑިއިރު ކުރިން

ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ވެސް މިހާރު ރޭގަނޑު ފްލައިޓް ޖައްސާނެ: މިނިސްޓަރ އަމީން
3 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓު ފްލައިޓް ޖައްސައިފި
3 ގަޑިއިރު ކުރިން

ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދު ހުޅުމާލެއިން ނަގަނީ
3 ގަޑިއިރު ކުރިން


