
ރާއްޖޭގެ އިތުރު ސަރަހައްދުތަކެއް ޚިމާޔަތް ކުރުމަށް ދަނީ މަސައްކަތް ކުރަމުން: ތިމާވެއްޓާ ބެހޭ ވުޒާރާ

އާމިނަތު ޝަޒްލާ - 24 މޭ 2026 - 15:44
މި އަހަރު ރާއްޖޭގެ އިތުރު ސަރަހައްދުތަކެއް ޚިމާޔަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެންވަޔަރަންމަންޓް މެނޭޖްމަންޓު އެންޑް ކޮންސަރވޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރ އަޙްމަދު ސާން ވިދާޅުވީ، މިހާތަނަށް އައިއިރު، 93 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ކަމަށާއި، ތިމާވެށި ހިމާޔަތް ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކޮންމެ އަތޮޅެއްގައި ތިމާވެށީގެ ގޮތުން މުހިންމު ސަރަހައްދުތަކެއް ދެނެގަނެ އެތަންތަން ހިމާޔަތްކުރުމަށް އަންނަނީ، މަސައްކަތް ކުރަމުން ކަމަށެވެ. އަދި ބައެއް ސަރަހައްދުތައް ޤަވާއިދުން މޮނިޓަރ ކުރަމުންދާ ކަމަށް ވެސް ސާން ވަނީ ވިދާޅުވެފައެވެ.
ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަކީ ރާއްޖޭގެ ނިސްބަތުން ބަލާނަމަ ވަރަށް ކުޑަ އިންސައްތައެއް ކަަމަށާއި، މިއަހަރު އިތުރު ސަރަަހައްދުތަކެއް ހިމާޔަތްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން އިތުރު 2 ސަރަހައްދެއް ހިމާޔަތްކުރުމަށް ނިންމާފައިވާ ކަމަށް ސާން ވަނީ ވިދާޅުވެފައެވެ. އެއީ އދ. އަތޮޅު ސަރަހައްދުގެ އިތުރުން ހދ. އަތޮޅުގެ ސަރަހައްދުތަކެއްކަމށް ސާން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ތ.އަތޮޅުގެ ސަރަހައްދުތަކެއް ހިމާޔަތް ކުރުމަށް ސާރވޭ ކުރުމުގެ މަސައްކަތްތައް މި އަހަރަށް ވަނީ ޕްލޭންކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫން މީހަކު ހައްޔަރަށް
3 ގަޑިއިރު ކުރިން

ޢީދު ބަންދާ ދިމާކޮށް އާންމު ޝެޑިއުލްއިން ބޭރުން 200 ދަތުރު މޯލްޑިވިއަނުން އިތުރުކޮށްފި
3 ގަޑިއިރު ކުރިން

ކޮވިޑް ފެސިލިޓީގައި ގާއިމްކުރި ހުޅުމާލެ ޖަލުގެ އާ ޔުނިޓް ބޭނުންކުރަން ފަށައިފި
3 ގަޑިއިރު ކުރިން

ޗައިނާގައި ހިނގި ގޭސް އެކްޕްލޯޝަން އާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)