
ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކީ 84 ޙައްޖުވެރިޔަކު: ހުޅުމާލޭ ހޮސްޕިޓަލް

އާމިނަތު ޝަޒްލާ - 09 ޖޫން 2026 - 08:01
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ޙައްޖުވެރިންނަށް ޚާއްޞަކޮށްގެން ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކުން މިހާތަނަށް 84 ޙައްޖުވެރިޔަކު ފަރުވާ ހޯދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް އެ ކްލިނިކަށް ދައްކާފައިވަނީ ރޯގާގެ އަލާމާތްތައް ހުރި 84 މީހުންނެވެ. ޙައްޖުވެރިން ރާއްޖެ އަންނަ ފްލައިޓްތައް އޮންނަ ދުވަސްވަރު ކްލިނިކަށް ބާރުބޮޑުވި ނަމަވެސް، އެހެން ދުވަސްތަކުގައި ޚިދުމަތް ހޯދާ މީހުންގެ އަދަދު ނިސްބަތުން މަދުކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ކްލިނިކަށް ޒިޔާރަތްކުރާ ހުރިހާ ޙައްޖުވެރިން ވެސް މާސްކު އެޅުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ. މި ކްލިނިކް ހުޅުވާފައި ހުންނަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން ރޭގަނޑު 10:00 އަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެފައިވަނީ، ޙައްޖުން އެނބުރި އަންނަ ޙައްޖާޖީންނަށް ހޮސްޕިޓަލްތަކުގެ ޖެނެރަލް އޯޕީޑީ މެދުވެރިކޮށް ވެސް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އަދި ޙައްޖުން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުން، ކެއްސުން ނުވަތަ ނޭވާލާން އުނދަގޫވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން އިރުޝާދު ދެއްވައެވެ.
މީގެ އިތުރުން، ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަކުން އާންމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ސާފުތާހިރުކަމަށް އިސްކަންދީ ގިނަގިނައިން އަތް ދޮވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް
.png&w=3840&q=75)
ޝަމްއާން ރައީސް އާއި ބެހޭ ގޮތުން ހެއްދެވީ ބުހުތާނު ދޮގު: ތަރުޖަމާނު
16 މިނިޓު ކުރިން

އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރ ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
3 ގަޑިއިރު ކުރިން

މިއަހަރު ހައްޖަށްދިޔަ 3 ވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ
5 ގަޑިއިރު ކުރިން

އައްޑޫ އެކްސިޑެންޓްގައި ރަމީޒް ނިޔާވުމާއި ގުޅިގެން ޖިނާއީ ތަހުގީގެއް ފަށައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)