logo

ފްލެޓް ޓަވަރުތަކުގެ ކޮމާޝަލް ޖާގަތައް ހޯދަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

profile

މުޙައްމަދު ހަފީޒް - 22 ނޮވެމްބަރު 2024 - 20:00

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތް ކުރަމުން އަންނަ ފްލެޓްގެ ޓަވަރުތަކުގެ ކޮމާޝަލް ޖާގަތައް ހޯދަން ކުރިމަތިލުމުގެ ފުރުސަތު އެ ކޯޕަރޭޝަން ހުޅުވާލުމަށް ނިންމައިފިއެވެ.

'އަމަން އުދަރެސް' އަދި 'އަމަން ދޯދި' ގައި ހިމެނޭ ކޮމާޝަލް ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު މި ފެށޭ ހަފްތާތެރޭ ހުޅުވާލާނެ ކަމަށް އެފްޑީސީ އިން ބުނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެފްޑީސީ އިމާރާތް ކޮށްފައިވަނީ 4،000 ފްލެޓްއެވެ. އެފްޑީސީ އިން ބުނީ 32 ޔުނިޓުގައި 127 ކޮމާޝަލް ޖާގަ ހުންނައިރު އޭގެ ތެރޭގައި ރީޓެއިލް ފިހާރަތާއި ސުޕަމާކެޓާއި ހައިޕަމާކެޓު ހިންގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްށެވެ.

މީގެ އިތުރުން ކެފޭ އާއި ރެސްޓޯރެންޓްތަކާއި ކްލިނިކްތަކާއި އޮފީސްތައް ހިންގަން ބޭނުންވާ ޖާގަ ވެސް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

580-6،200 އަކަފޫޓުގެ މި ޖާގަތައް ދޫކުރުމުގައި ހިންގާ ވިޔަފާރީގެ ކުޑަ ބޮޑު މިނަށް ބަލައި ޖާގަ އިތުރު ކުރެވޭނެ ފުރުސަތު ވެސް އެ ކޯޕަރޭޝަނުން ފަހިކޮށްދޭނެ ކަމަށް ބުނެއެވެ. އަދި ކޮމާޝަލް ރޭޓުތަކުގެ އަގު އުޅޭނީ މާކެޓު ރޭޓުގައި ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެފްޑީސީން ތަރައްގީ ކުރަމުން އަންނަ ޓަވަރުތަކަކީ މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން 4،000 ފުލެޓް ދިނުމަށް އަޅާ ޓަވަރުތަކެކެވެ. އަދި 6 ޒޯނަކަށް ބަހާލައިގެން ކޮމާޝަލް ޖާގަތައް ކުއްޔަށް ދޫކުރަން ހުޅުވާލަން ނިންމާފައިވާއިރު ފުރަތަމަށް ދޫކުރަނީ ޒޯން 1 ކަމަށް އެފްޑީސީން ބުނެއެެވެ.

އެފްޑީސީ އިން ބުނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ހުޅުވާލާ ފުރުސަތުގައި އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށްށެވެ.

އެފްޑީސީއިން އިން ބުނީ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އަސާސީ ހިދުމަތްތައް ވީހާވެސް ގާތުން އަދި ފަސޭހަ ކަމާއެކު ފޯރުކޮށްދިނުމުގެ މަގްސަދުގައި ދޫކުރުމަށް ނިންމާފައިވާ ކޮމާޝަލް ޖާގަތަތަކެއް ކަމަށްށެވެ.




https://int.etukuri.mv/
tel:+9607331319