logo
މަޝްހޫރު ދީނީ އިލްމުވެރިޔާ ޒަމްޒަމް ފާރިޝް---

މަޝްހޫރު ދީނީ އިލްމުވެރިޔާ ޒަމްޒަމް ފާރިޝް---

ދީނަށް ފުރައްސާރަކުރާ މީހުން ހުއްޓުވުމުގެ ބަދަލުގައި، އެކަމާ ދެކޮޅަށް ތެދުވާ މީހުންނަށް ހުރަސްއަޅާތީ ޒަމްޒަމްގެ ކަންބޮޑުވުން

profile

ޖިނާން ޙުސައިން ޖަބީން - 06 ނޮވެމްބަރު 2026 - 11:21

އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނުގެ ހުރުމަތް ކަނޑާ މީހުން ހުއްޓުވުމުގެ ބަދަލުގައި، އެކަންކަމާ ދެކޮޅަށް ތެދުވާ މީހުންނަށް ހުރަސްއަޅައި، އިންޒާރު ދޭތީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޒަމްޒަމް ފާރިޝް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

https://wamco.com.mv/

މީސްމީޑިއާ މަންސަ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޒަމްޒަމް ވިދާޅުވީ، ގައުމުގައި ކުފުރާއި ޝިރުކާއި ހުރާފާތްތަކާއި އެކި ބާވަތުގެ މުންކަރާތްތައް ފެތުރެމުންދާއިރު، އެއިން އެއްވެސް ކަމަކަށް ގާޤާނޫނީ ގޮތުން ފިޔަވަޅު އަޅައި، މައްސަލަތައް ހައްލުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި، މުންކަރާތްތައް މަނާކޮށް އިސްލާހަށް ވާހަކަދައްކާ މީހުންނަށް ފުރައްސާރަކުރުމާއި، ހައްޔަރުކުރުމާއި، އިންޒާރުދީ، ފްރޭމްކޮށް، ފޯނު އަތުލައި ޖަލަށްލުމަށް ބަޔަކު ނުނިދައި ހޭލާތިބެ މަސައްކަތްކުރަމުންދާ ކަމަށެވެ.

View post on Twitter

ހަމައެހެންމެ، ތަރައްގީގެ ނަމުގައި ރިސޯޓުތަކާއި، ފަޅުރަށްތަކާއި، ސަފާރީތަކުގެ އިތުރުން އާންމުން ދިރިއުޅޭ ރަށްރަށުގައި ވެސް ބޮޑެތި ފާފަތައް ކުރުމާއި ބަރަހަނާވުން އާންމުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަމުގައި ބޭރު މީހުން އިސްނަގައިގެން އުޅޭ މަންޒަރު ގިނައިން ފެންނަމުންދާ ކަމަށާއި، މިގޮތުން 30،000 އެއްހާ ބިދޭސީން ހިމެނޭ ގޮތަށް، ހުޅުމާލޭގެ ތިން ފިޔަވައްސަށްވުރެ ބޮޑު ބިޔަ ޝަހަރެއް ރަސްމާލޭގައި ގާއިމުކުރުމުން ދިވެހި ގައުމަށާއި، އަންނަން އޮތް ޅަދަރީންގެ މުސްތަގުބަލަށް ނިކަމެތިކަން ކުރިމަތިވެދާނެ ކަމަށް ވިދާޅުވެ ޒަމްޒަމް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"ތަރައްގީގެ ނަމުގައި ރިޒޯޓުތަކާއި، ފަޅުރަށްތަކާއި، ސަފާރީތަކާއި، އާންމުން ދިރިއުޅޭ ރަށްތަކުގައި މުންކަރާތްތަކާއި ފާފަތަކާއި ފިތުނަފަސާދައާއި ބަރަހަނާވެ އޮރިޔާންވުން އާންމުކުރުން ނޫންކަމެއް ނެތް. މީގައި އެންމެ ގިނައިން މި ފެންނަނީ ހުސްވެސް ބޭރު މީހުން އިސްނަގައިގެން އުޅޭ ތަން. ދެން ވިސްނާލާ 30000 ބިދޭސީންގެ ހުޅުމާލެ 1 2 3 އަށް ވުރެ ބޮޑު ބިޔަ ޝަހަރެއް ރަސްމާލޭގައި ހެދީމަ ވާނެ ގޮތް. ދިވެހި ދަރީން އުޅެންޖެހޭނެ ނިކަމެތި ހާލު. އަޅުގަނޑުމެންގެ ފަހުން އަންނަން އޮތް ޅަ ޖީލު އުޅެންޖެހޭ ބިކާރީ ހާލު،" --- ޒަމްޒަމް ފާރިޝް ލިޔުއްވާފައިވެއެވެ.

ޒަމްޒަމް ވަނީ މި ހާލަތުން ގައުމު ސަލާމަތްކުރުމަށްޓަކައި ދީނީ އިލްމުވެރިންނާއި، ދިވެހި ގައުމު ދެކެ ލޯބިވާ އެންމެހައި ރައްޔިތުން އެކުގައި ނުކު ހައްގު ބަސް ބުނުމަށް ގޮވާލައްވައިފައެވެ. އަދި މިކަމާ ދެކޮޅަށް އަޑުނުއުފުލައިފިނަމަ، ދިވެހި ޅަދަރީންނާއެކު މުޅި މުޖުތަމައު ފަނާވެ އަޅުވެތިވެގެން ހިނގައިދާނެ ކަމަށާއި، މި މުސީބާތްތަކުން ދިވެހި ގައުމު ސަލާމަތްކޮށްދެއްވުން އެދި އޭނާ ވަނީ ދުއާ ވެސް ދަންނަވައިފައެވެ.

https://wamco.com.mv/
tel:+9607331319