logo

ފަސްޓް ނެޝަނަލް ކޯޕަރޭޝަންގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަޤާމަށް މަރިޔަމް ވިސާމް އައްޔަންކޮށްފި

profile

އައިޝަތު އިބްރާހިމް - 18 މާރިޗު 2025 - 17:05

ފަންޑު މެނޭޖްމަންޓާއި އެޑްވައިޒަރީ ޚިދުމަތް ދޭ، ފަސްޓް ނެޝަނަލް ކޯޕަރޭޝަންގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަޤާމަށް މަރިޔަމް ވިސާމް ހަމަޖައްސައިފިއެވެ.

https://wamco.com.mv/

އެ ކުންފުނީގެ ބޯޑުން އޭނާ އެ މަޤާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހެވެ.

ޗީފް ކޮމާޝަލް އޮފިސަރގެ ހައިސިއްޔަތުން ވިސާމު އެ ކުންފުނީގެ ވިޔަފާރިއާ ގުޅޭ ސްޓްރެޓެޖީތައް އެކުލަވައިލާ ތަރައްޤީކުރާނެއެވެ. އަދި އެ ކުންފުނީގެ ޕްރޮޑަކްޓް ޑިވަލޮޕްމެންޓް މަސައްކަތްތައް ބަލަހައްޓައި ސޭލްސް އާއި މާކެޓިން މަސައްކަތްތައް ބަލަހައްޓުމަށް ވަނީ ހަމަޖެހިފައެވެ.

މަރިޔަމް ވިސާމް ކުރިން ހުންނެވީ، އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރަރ އޮފް ކޮމްޕެނީސްގެ މަޤާމުގައެވެ. އެ މަޤާމުން އިސްތިއުފާ ދެއްވީ މި މަހުގެ 1 ވަނަ ދުވަހުއެވެ. ވިސާމް ވަނީ އެ މަޤާމުގައި 11 އަހަރު ހޭދަކުރައްވާފައެވެ.

ވިސާމްއަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ކުއީންސްލޭންޑުން ބިޒްނަސް އިކޮނޮމިކްސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލް ކުރައްވާފައިވާ ފަރާތެކެވެ. އަދި ނޯތަމްބްރިއާ ޔުނިވަރސިޓީން މާކެޓިންގ މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީވެސް ހާސިލް ކުރައްވާފައިވެއެވެ.

ރެޖިސްޓްރަރގެ މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ވިސާމް ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޑިރެކްޓަރުކަމާއި އެކްޓިން ޑެޕިއުޓީ ސީއީއޯގެ މަޤާމު އަދާކުރައްވާފައެވެ. މީގެ އިތުރުން ޕެންޝަން އޮފީހުގެ ބޯޑު މެމްބަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay