
ވަޒީރު އާދަމް ޝަރީފު ޢުމަރު، ފިލިޕިންސްގެ ވެރިރަށް މެނީލާއާށް

މުޙައްމަދު ހަފީޒް - 04 ފެބްރުއަރީ 2025 - 06:48
ފިލިޕިންސްގެ ވެރިރަށް މެނީލާއާށް ވަޒީރު އާދަމް ޝަރީފު ޢުމަރު ފުރާވަޑައިގެންފިއެވެ.
ޔޫއެންޑީޕީގެ ޚާއްޞަ އެހީތެރިކަމާއެކު، އެ މަނިކުފާނު ކުރައްވާ މި ދަތުރުފުޅަމީ ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން މެނީލާގައި ބާއްވާ ޚާއްޞަ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ބައްދަލުވުމުގައި، ލާމަރުކަޒީ ނިޒާމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުމާއި، ހެޔޮ ވެރިކަމާއި، ދެފުށް ފެންނަ ގޮތަށް ކަންކަންކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވާނެ ކަންކަމާ މެދު މަޝްވަރާތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައި ވެވާ ކަމަށް މިނިސްޓާރީން ބުނެއެވެ.
މި ދަތުރުފުޅަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވީއައިޕީ ލައުންޖްގައި ދެއްވި ބަސްދީގަތުމުގައި ވެސް އެ މަނިކުފާނު ވަނީ މި ބައްދަލުވުމުގެ ތަފްޞީލުތައް ދެއްވާފައެވެ.
މި ދަތުރުފުޅުގައި އެ މަނިކުފާނު އެންމެ ބޮޑު އަމާޒަކަށް ހައްދަވާނީ ކާމިޔާބުކަމާއެކު ލާމަޒީ ނިޒާމު ހިންގާ ޤައުމުތަކުގައި އެ ކަންކަން ކުރައްވާ ގޮތް ދެނެ، އަޅުގަނޑުމެންގެ ޤައުމުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން މަޝްވަރާގެ އަލީގައި ހޯއްދެވުން ކަމަށް ވެސް، ނޫސްވެރިންނަށް ދެއްވި ބަސްދީ ގަތުމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ވަޒީރުގެ އަރިހުގައި މި ދަތުރުފުޅުގައި، ވުޒާރާގެ ލޯކަލް ގަވަރމަންޓް ޔުނިޓް ހިންގެވުމާ ޙަވާލުވެހުންނެވި ސްޓޭޓް މިނިސްޓަރ މުޙައްދު މާހިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން