
ކޮވިޑް ފެސިލިޓީގައި ގާއިމްކުރި ހުޅުމާލެ ޖަލުގެ އާ ޔުނިޓް ބޭނުންކުރަން ފަށައިފި

މުޙައްމަދު ފަޟްލޫން - 24 މޭ 2026 - 15:43
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ތަރައްޤީކުރި ހުޅުމާލޭ ޖަލުގެ އައު ޔުނިޓް ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
މި ޔުނިޓްގެ މަސައްކަތް ނިމި، މިހާތަނަށް 16 ގައިދީއަކު އެތަނަށް ބަދަލުކޮށްފައިވާ އިރު، ކަރެކްޝަނުން ވަނީ އެތަނުގައި ގާއިމުކޮށްފައިވާ ވަސީލަތްތައް ނޫސްވެރިންނަށް ދައްކާލާފައެވެ. ދެ ބުރީގެ މި އިމާރާތުގައި ޖުމްލަ ފަސް ޔުނިޓް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، މުޅި މަޝްރޫއު ނިމުމުން އެތަނުގައި 140 ގައިދީންނަށް ތިބެވޭނެ ޖާގަ ތަނަވަސްވެގެންދާނެއެވެ.
ހުޅުމާލޭ ޖަލުގެ ޑައިރެކްޓަރ، ޑީއެސްޕީ އަޙްމަދު ޖާދުﷲ ވިދާޅުވީ، މި ޔުނިޓަކީ މާލޭ ސަރަޙައްދުގައި ފަންނީ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ގައިދީން ބޭތިއްބުމަށް ހާއްސަ ކޮށްގެން ތައްޔާރުކުރި ތަނެކެވެ.
އަދި މި އިމާރާތުގެ ގްރައުންޑް ފްލޯގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އައު ޔުނިޓްތަކުގެ ބޭނުން ހިފަން ފެށުމާއެކު، ބޭސްފަރުވާއަށާއި ކޯޓު އަޑުއެހުންތަކަށް މާލެއަށް ގެންނަންޖެހޭ ގައިދީން ބޭތިއްބުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ކަރެކްޝަނުން ބުނެއެވެ.
މީގެ އިތުރުން، ގައިދީން އެއްތަނުން އަނެއްތަނަށް އުފުލުމަށް ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދުތައްވެސް މި ބަދަލާއެކު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަން އެ މުއައްސަސާއިން ފާހަގަކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫން މީހަކު ހައްޔަރަށް
3 ގަޑިއިރު ކުރިން

ޢީދު ބަންދާ ދިމާކޮށް އާންމު ޝެޑިއުލްއިން ބޭރުން 200 ދަތުރު މޯލްޑިވިއަނުން އިތުރުކޮށްފި
3 ގަޑިއިރު ކުރިން

ރާއްޖޭގެ އިތުރު ސަރަހައްދުތަކެއް ޚިމާޔަތް ކުރުމަށް ދަނީ މަސައްކަތް ކުރަމުން: ތިމާވެއްޓާ ބެހޭ ވުޒާރާ
3 ގަޑިއިރު ކުރިން

ޗައިނާގައި ހިނގި ގޭސް އެކްޕްލޯޝަން އާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)