logo

ޗައިނާގައި ހިނގި ގޭސް އެކްޕްލޯޝަން އާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 24 މޭ 2026 - 14:18

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗައިނާގެ ޝާންޝީ ޕްރޮވިންސްގެ ލިއުޝެންޔޫ ކޯލް މައިންގައި ހިނގި ގޭސް އެކްސްޕްލޯޝަންގެ ހާދިސާއާ ގުޅިގެން، ޗައިނާގެ ރައީސް ޝީ ޖިންޕިންގަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މި ހާދިސާގައި އެތައް ބަޔަކު މަރުވެ، އަދި ގިނަ ބަޔަކަށް އަނިޔާ ލިބިފައިވާތީ އެކަމާ ހިތާމަ ކުރައްވާކަމުގައި ބަޔާން ކުރައްވާފައިވެއެވެ. އަދި މިހާދިސާގައި މަރުވި މީހުންގެ ޢާއިލާ ތަކަށާއި، ޗައިނާ ސަރުކާރަށާ ރައްޔިތުންނަށް، ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި އިޚްލާސްތެރިކަމާއެކު، ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.

އެމަނިކުފާނު މެސުޖުގައި، ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ރާއްޖެ ޗައިނާއާއި އެކުގައި ވާކަން ފާހަގަކުރައްވައި، މިހާދިސާގައި ގެއްލުން ލިބުނު ހުރިހާ ފަރާތްތަކަށް، ކެތްތެރިކަމާ ސާބިތުކަން ދެއްވުމަށާ، އަދި މީހުން ސަލާމަތްކުރުމަށް ކުރެވެމުންދާ މަސައްކަތަށް ކާމިޔާބު ލިބުމަށް އެދިވަޑައިގެންފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk