logo
މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓްހަމް ވާދަކުރި މެޗުގެ ތެރެއިން...

މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓްހަމް ވާދަކުރި މެޗުގެ ތެރެއިން...

ވެސްޓްހަމް އާއި އެއްވަރުވެ، ޔުނައިޓެޑުން ފުރުސަތު ނަގާލައިފި

profile

ހަސަން ޝަމްއޫން - 05 ޑިސެމްބަރު 2025 - 08:41

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވެސްޓެހަމް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ލީގު ތާވަލުގެ ފަސްވަނައަށް އެރުމަށް ލިބުނު ފުރުސަތު ޔުނައިޓެޑުން ނަގާލައިފިއެވެ.

https://wamco.com.mv/

ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލަސް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ވެސްޓްހަމް އެންމެ ފަހުން ކުޅުނު މެޗުގައި ލިވަޕޫލް އަތުން 2-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ޔުނައިޓެޑުންނެެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޔުނައިޓެޑުންނެވެ. މިލަނޑު ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް ޑިފެންޑަރު ޑިއޭގޯ ޑަލޮޓް އެވެ. އަދި ވެސްޓްހަމް އިން ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މަގައްސާ އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 14 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 22 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 14 މެޗުން ވެސްޓްހަމްއަށް 12 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 18 ވަނައިގައެވެ.

ލީގުގައި މެންޗެސްޓާ ޔުނައިޓެޑަށް ކުރިއަށް އޮތީ ހޯމަ ދުވަހުގެ ރޭ ރަށުން ބޭރުގައި ވުލްވްސް އާއި ދެކޮޅަށް ކުޅޭމެޗެ. އަދި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ވެސްޓްހަމް އިން ނުކުންނާނީ ބްރައިޓަން އާއި ދެކޮޅަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay