logo

ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލް ކުރާ ކުޑަކުދިން އިތުރުވަނީ!

profile

އަހުމަދު ޒަލީފު - 31 މޭ 2023 - 19:55

ރާއްޖޭގައި ދުންފަތުގެ އިލްތިމާޞް ކުރާ ކުޑަކުދިން ދަނީ އިތުރުވަމުން

ރާއްޖޭގައި ދުންފަތުގެ އިލްތިމާޞް ކުރާ ކުޑަކުދިން ދަނީ އިތުރުވަމުން

ރާއްޖޭގެ އާބާދީގެ 25 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހާ ގުޅިގެން އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 25.7 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރެ އެވެ. އެއީ ކޮންމެ ހަތަރު މީހަކުން އެކަކެވެ.

ރާއްޖޭގެ އާބާދީގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. ދުންފަތުގެ އިސްތިއުމާލުކުރާ 35.6 ޕަސަންޓަކީ ފިރިހެނުން ކަމަށްވާއިރު 7.6 ޕަސަންޓް މީހުންނަކީ އަންހެނުންނެވެ. ރާއްޖޭގައި ކުޑަކުދިންގެ އާބާދީގެ ބޮޑު ބައެއް ދުންފަތުގެ ބާވަތްތައް ބޭނުންކުރާ ކަމަށްވެސް ހިސާބުތަކުން ދައްކަ އެވެ. އެއީ 48 ޕަސެންޓް ފިރިހެން ކުދިންނާއި 43.2 ޕަސެންޓް އަންހެން ކުދިންނެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލް އެންމެ ގިނަ އިން ކުރަނީ ފިރިހެނުންނެވެ. އެގޮތުން %35.6 ފިރިހެނުން ދުންފަތުގެ އިސްތިއުމާލް ކުރާއިރު، %7.6 އަންހެނުން ވެސް ދުންފަތުގެ އިސްތިއުމާލް ކުރެއެވެ.

ވަކިވަކި އުމުރުފުރާ އަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ދުންފަތުގެ އިސްތިއުމާލް އުމުރުފުރާގެ ގޮތުގައި ފާހަގަ ކުރެވެނީ އުމުރުން 30 އަހަރާއި 44 އަހަރާ ދެމެދުގައެވެ.

ދުންފަތުގެ އިސްތިއުމާލް ކުރާ އުމުރުތައް:

1- 15 އަހަރާއި 29 އަހަރާ ދެމެދު - %20.1 މީހުން.
2- 30 އަހަރާއި 44 އަހަރާ ދެމެދު - %29 މީހުން.
3- 45 އަހަރާއި 65 އަހަރާ ދެމެދު - %23.4 މީހުން.

މި އަދަދުތަކުން އެނގުނު ގޮތުގައި އުމުރުން ދުވަސްވާ ވަރަކަށް ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލާ މީހުންގެ އަދަދު ވެސް ގިނައެވެ. އެކަމަކު، ހަގީގަތަކީ ޅަ އުމުރުގައި ދުންފަތުގެ އިސްތިއުމާލް ކުރުމަކީ ހިތުގެ ބަލިތައް ޖެހުމަށް ވަރަށް ބޮޑަށް މަގުފަހިވާ ކަމެއް ކަމެކެވެ.

މި ދިރާސާ އިން އެނގުނު ގޮތުގައި އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ތެރެެއިން %24.9 ކުދިން ދުންފަތުގެ އިސްތިއުމާލް ކުރަނީ ގޭގައެވެ. އަދި %47 ކުދިން ދުންފަތުގެ އިސްތިއުމާލް ކުރަނީ އާންމު ތަންތަނުގައެވެ.

މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 393,652,853ރ. ގެ ދުންފަތުގެ އެކި ބާވަތްތައް ރާއްޖެއަށް އެތެރެކުރި ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

https://wamco.com.mv/
tel:+9607331319