
---
ޖަރުމަންގައި ފެންބޮޑުވެ، މިހާތަނަށް 5 މަރު

އަހުމަދު ޒަލީފު - 04 ޖޫން 2024 - 13:18
ޖަރުމަނަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް ފަސް މީހަކު މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ ދެކުނު ޖަރުމަންގައި ކަމަށާއި މިހާރު އެ ގައުމުގެ އެންމެ ބޮޑު ކޯރު ކަމަށްވާ ޑަނޫބޭއާ ދިމާ އަށް ފެންބޮޑުވުން މިސްރާބު ޖަހާފައިވާ ކަމަށެވެ. މިއީ ހަންގޭރީ އާއި އޮސްޓްރިއާއާ ވީ ފަޅި އެވެ. އެހެންވެ މިކަމާ ގުޅިގެން ކޯރު ބަންޑުންވެ، އިތުރު ނުރައްކާތެރި ހާދިސާތަކެއް ހިނގައިފާނެތީ ޖަރުމަނުގެ މޫސުމާ ބެހޭ އިދާރާ ޖަރުމަންޑް ޑީޑަބްލުއުޑީން ވަނީ ސަމާލުވެ، ރައްކާތެރިވުމުގެ ފިޔަވަޅުތައް ވެސް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.
ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް ފަސް މީހަކު މަރުވެފައިވާ އިރު، އޭގެ ތެރެއިން އެކަކު މަރުވީ އޭނަ ދުއްވި ކާރެއް ފެނުއަޑިއަށް ގޮސްގެންނެވެ. މޫސުން ގޯސްވެ، ޖަރުމަނަށް ގެއްލުންތަކުން ވަމުންދާ އިރު، 22 އަހަރުގެ މީހަކު ގެއްލިގެން ވެސް ރިޕޯޓްކޮށްފައިވެ އެވެ.
ޖަރުމަންގެ ދެކުނުގެ ހިސާބުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

އެސްޑީއެފް އަށް ފައިސާ ޖަމާކުރުން އިތުރު، 2.4 ބިލިއަން ރުފިޔާ ޖަމާކޮށްފި
36 މިނިޓު ކުރިން

ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމުގެ ހާއްސަ އޮޕަރޭޝަނެއް
2 ގަޑިއިރު ކުރިން

މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި
2 ގަޑިއިރު ކުރިން

ކައުންސިލް އިންތިހާބުގެ އޮފިޝަލުންނަށް މިހާތަނަށް ކުރިމަތިލީ 3000 މީހުން
2 ގަޑިއިރު ކުރިން


