
ފިލިޕިންސްގައި އިމާރާތެއްގެ ދަށުގައި 19 މީހުން ތާށިވެއްޖެ

މުޙައްމަދު ފަޟްލޫން - 24 މޭ 2026 - 14:18
ފިލިޕީންސްގެ މެނިލާ ކައިރީގައި ހަދަމުންދިޔަ އިމާރާތެއް ވެއްޓި، 19 މީހުން އިމާރާތުގެ ދަށުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ވެރިރަށް މެނިލާއާ ގާތްގަނޑަކަށް 80 ކިލޯމީޓަރު އުތުރުގައި އޮންނަ އެންޖެލިސް ސިޓީގައެވެ.
އެ ސިޓީގެ އިންފޮމޭޝަން އޮފިސަރު ޖޭ ޕެލާޔޯ އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިމާރާތް ވެއްޓުމުގެ ސަބަބުން އެތަނުގެ ފާރުތަކާއި ސްކެފޯލްޑިންތަކުގެ ދަށުގައި ބަޔަކު ތާށިވެފައި ތިބުމުގެ ބޮޑު ބިރެއް އެބައޮތް ކަމަށެވެ.
ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، އެ ސައިޓުގައި އާންމުކޮށް 19 މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ.
އެހެންކަމުން، އެ އެންމެން ހޯދުމުގެ ވަރުގަދަ އޮޕަރޭޝަނެއް މިހާރު ދަނީ ހިންގަމުންނެވެ. މި ހާދިސާގައި ސަލާމަތްކުރެވުނު ބައެއް މީހުންގެ ހާލު ސްޓޭބަލް ކަމަށާއި، އެމީހުންގެ ވަނަވަރު ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އޮފިޝަލުން ވިދާޅުވިއެވެ.
މި އިމާރާތް ވެއްޓެން މެދުވެރިވި ސީދާ ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫން މީހަކު ހައްޔަރަށް
3 ގަޑިއިރު ކުރިން

ޢީދު ބަންދާ ދިމާކޮށް އާންމު ޝެޑިއުލްއިން ބޭރުން 200 ދަތުރު މޯލްޑިވިއަނުން އިތުރުކޮށްފި
3 ގަޑިއިރު ކުރިން

ރާއްޖޭގެ އިތުރު ސަރަހައްދުތަކެއް ޚިމާޔަތް ކުރުމަށް ދަނީ މަސައްކަތް ކުރަމުން: ތިމާވެއްޓާ ބެހޭ ވުޒާރާ
3 ގަޑިއިރު ކުރިން

ކޮވިޑް ފެސިލިޓީގައި ގާއިމްކުރި ހުޅުމާލެ ޖަލުގެ އާ ޔުނިޓް ބޭނުންކުރަން ފަށައިފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)