
ޓްރެވަލް އެންޑް އެޑްވެންޗަރ ޝޯ ނިއުޔޯކުގައި ބާއްވައިފި

ޝުރުފާ މުހައްމަދު - 03 ފެބްރުއަރީ 2025 - 18:15
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ޓްރެވަލް އެންޑް އެޑްވެންޗަރ ޝޯ ނިއުޔޯކުގައި ބާއްވައިފި އެވެ.
މި ޝޯ ބާއްވާފައިވަނީ އެމެރިކާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންއާއި ގުޅިގެންނެވެ.
އެމްއެމްޕީއާރްސީން ބުނީ މިހަރަކާތުގައި ރާއްޖޭގެ ދެ ރިސޯޓަކުން ބައިވެރިވި ކަމަށެވެ. އެއީ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް މޯލްޑިވްސް އަދި ޑައިމަންޑްސް ތުނޑުފުށި ބީޗް އެންޑް ވޯޓަރ ވިލާސްއެވެ. މިއީ އެމެރިކާ ސަރަހައްދުގައި އެ ކުންފުނިން ބޭއްވި ފުރަތަމަ ހަރަކާތެވެ.
އެމްއެމްޕީއާރްސީން ބުނިގޮތުގައި މި ޝޯގެ މައިގަނޑު މަގްސަދަކީ ރާއްޖެ އާ މެދު މީހުންގެ ހޭލުންތެރިކަން އިތުރުކޮށް ބިޒްނަސް ޓު ބިޒްނަސް ޓްރެވަލް ޓްރޭޑަށް އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދިނުމެވެ، އަދި ރާއްޖެ އަކީ ފަތުރުވެރި ދަތުރުތަކަށް އެންމެ ރަނގަޅު އަދި އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރުން ކަމަށް ބުނެފައި ވެއެވެ.
އުތުރު އެމެރިކާގެ ދަތުރުފަތުރަށް ޝައުގުވެރިވާ ފަރާތްތަކަށް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިކަމުގެ ޖަމިއްޔާތަކަސް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ހަރަކާތުގެ ތެރެއިން ރާއްޖެ އަކީ އެންމެ މަގުބޫލު ޓްރެވަލް ޑެސްޓިނޭޝަންގެ ގޮތުގައި އިޝްތިހާރު ކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރަށް އެމެރިކާގެ މާކެޓަށް އަމާޒުކޮށްގެން ވިޒިޓް މޯލްޑިވްސް އިން ވަނީ ޑިސްކަވަރ މޯލްޑިވްސްގެ ނަމުގައި ކާމިޔާބު ވެބިނާ ސީރީޒެއް ވެސް ބާއްވާފައި ވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްއެމްޕީއާރުސީން ސައުތު އޭޝިއާސް ޓްރެވެލް އެންޑް ޓުއަރިޒަމް އެކްސްޗޭންޖް (ސާޓޭ)ގައި ބައިވެރިވެއްޖެ
2 އަހަރު ކުރިން

ދިވެހިރާއްޖެ ބައިނަލްއަގްވާމީ ދެ އެވޯރޑަކަށް ނޯމިނޭޓްވެއްޖެ
2 އަހަރު ކުރިން

އެމްއެމްޕީއާރްސީގެ ބޯޑަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފި
7 މަސް ކުރިން

އާރަށް މައްސަލަ އަލުން ބަލާއިރު ޝަރީއަތް ލައިވް ކުރަނީ
6 މަސް ކުރިން