
މާލޭގައި އަލަށް ހުޅުވި ޕްރައިމަރީ ހެލްތު ސެންޓަރުން ހިދުމަތް ދޭން ފަށައިފި

ޝަހްޒާ މުޙައްމަދު - 22 ނޮވެމްބަރު 2025 - 12:17
ސަރުކާރުން މާލެ ސަރަޙައްދުގައި ޤާއިމުކުރެއްވި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުން ޚިދުމަތް ދޭންފަށައިފިއެވެ.
މި ސެންޓަރު ހުޅުވައި ދެއްވާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އައިޖީއެމްއެޗުން ބުނެފައިވަނީ މެޑިކަލް ސެންޓަރުން ޞިއްޙީ އާންމު މަޢުލޫމާތު ފޯރުކޮށްދިނުމާއި މެޑިކަލް ޗެކަޕްތައް ހެދުމާއި އާންމު ބަލިތަކަށް ބޭސްފަރުވާ ކުރުމުގެ ޚިދުމަތްތައް ދޭނެ ކަމަށެވެ. މި ސެންޓަރުގައި އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ޖީޕީ ކްލިނިކަކާއި ކުޑަކުދިންގެ ހެލްތު ކްލިނިކާއި ވެލްނެސް ކްލިނިކެއް ވަނީ ގާއިމްކޮށްފައެވެ.
އައިޖީއެމްއެޗުން ބުނެފައިވަނީ އެ ސެންޓަރުން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10 އާ ހަމައަށް ޚިދުމަތް ދޭނެ ކަމަށެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 3:30 އިން ރޭގަނޑު 10 އާ ހަމައަށް ޚިދުމަތް ދޭނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
މި ސެންޓަރުގެ ޚިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ 3 ބަޔަކަށެވެ. އެއީ، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ. އަދި ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ހިންގަވާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދަވާނެއެވެ.
އެގޮތުން، ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކުރައްވައި، އެކުދިންގެ ހެދިބޮޑުވުން މޮނިޓަރކޮށް، ވެކްސިން ދިނުން ފަދަ ޚިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދެއްވާނެއެވެ. ހަމައެއާއެކު ޞިއްޙީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ޚިދުމަތްވެސް މި ސެންޓަރުން ލިބޭނެއެވެ.
ޖީޕީ ކްލިނިކް:
• ފެމިލީ މެޑިސިން ޕްރެކްޓިޝަނާއަށް ދެއްކުމުގެ ޚިދުމަތް
• އާންމު ބަލިތަކަށް ފަރުވާ ދިނުން
• ޖީޕީ ޑޮކްޓަރުން ލަފާ ދޭ ޓެސްޓުތައް ހެދުން
• ބޭސް ސިޓީ އައުކުރުން
• ކުދި ޕްރޮސީޖާތައް ހެދުން
• އެކްސްރޭ ނެގުން
• ބޭސް ފިހާރަ
ކުޑަކުދިންގެ ކްލިނިކް:
• ފަސް އަހަރުން ދަށުގެ ކުދިން، ހެދިބޮޑުވާ މިންވަރު ދެނެގަތުމާއި ޑިވެލޮޕްމަންޓަލް މައިލްސްޓޯންސް ބެލުން
• ތުއްތު ކުދިންނަށް ގާތުން ދިނުމާއި ކެއިންބުއިމާ ބެހޭގޮތުން ބެލެނިވެރިންނަށް އިރުޝާދު ދިނުން
• އުމުރުން 2 އަހަރާއި 5 އަހަރާ ދެމެދުގެ ކުދިންނަށް ވިޓަމިން-އޭ އަދި ބޭސް ދިނުމުގެ ޚިދުމަތް
• ގައުމީ ވެކްސިން ތާވަލާ އެއްގޮތަށް ވެކްސިން ދިނުން
• އިޚްތިޔާރީ ވެކްސިން ޖަހައިދިނުންވެލްނެސް ކްލިނިކްގެ ޚިދުމަތްތައް:
ވެލްނެސް ކްލިނިކްގެ ޚިދުމަތްތައް:
• ދަތުރުވެރިންގެ ވެކްސިން ޖެހުމުގެ ޚިދުމަތް
• ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން
• ނަފްސާނީ ދުޅަހެޔޮކަމާއި ކައުންސެލިންގެ ޚިދުމަތް
• ދުޅަހެޔޮ އާދަތަކަށް އަހުލުވެރިކޮށް ދިނުން
ބަލިޖެހުމުގެ ކުރިން، ބަލިތަކުން ދިފާޢުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޞިއްޙީ ސިޔާސަތުގެ މުހިންމު ބަހާއަކަށް ވާއިރު، މިފަދަ އިތުރު 5 ސެންޓަރު މާލެ ސަރަޙައްދުގައި ތަރައްޤީކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި 3 ސެންޓަރު އަދި ހުޅުމާލޭގައި 2 ސެންޓަރު ތަރައްޤީކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވ.ެ
ގުޅުން ހުރި ޙަބަރުތައް

ސާކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ގޮވާލައްވައިފި
6 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ކުރީގެ ރައީސުންގެ އޮފީސް ހަރަދު އުނިކޮށް، ނައިބުންނަށް އިނާޔަތްލިބޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި
3 ދުވަސް ކުރިން

ޒަކާތުގެ ފުރަތަމަ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި
3 ދުވަސް ކުރިން

ފަތުރުވެރިކަމުގެ ކުލި ކައުންސިލްތަކަށް ލިބޭގޮތައް އިސްލާހުގެނައި ބިލް ރައީސް ތަސްދީގުކުރައްވައިފި
3 ދުވަސް ކުރިން


