
މެއި މަހު 263 ދައުވާއެއް ކޯޓުތަކަށް ހުށަހެޅި: ޕީޖީ އޮފީސް

މުޙައްމަދު ފަޟްލޫން - 09 ޖޫން 2026 - 07:49
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިމިދިޔަ މެއި މަހުގެ ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު، އެ މަހުގެ ތެރޭގައި ޖުމްލަ 263 ދައުވާއެއް ކޯޓުތަކަށް ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެއި މަހުގެ ނިޔަލަށް އެ އޮފީހުގެ ވަކީލުން ވަނީ ޖުމްލަ 1,150 އަޑުއެހުމަކަށް ހާޒިރުވެފައެވެ.
މިއީ އޭޕްރިލް މަހު ވަކީލުން ހާޒިރުވި 2,710 އަޑުއެހުމާ އަޅާބަލާއިރު ނިސްބަތުން މަދު އަދަދެކެވެ.
މީގެއިތުރުން، މެއި މަހުގެ ތެރޭގައި އަލަށް 143 މައްސަލައެއް ބަލައިގަނެފައިވާއިރު، ތަހުގީގީ އިދާރާތަކަށް އެކި މައްސަލަތަކުގައި 447 ފަހަރެއްގެ މަތިން ގާނޫނީ ލަފާ ދީފައިވެއެވެ.
އަދި ތަފާތު ކުށްކުށުގައި ޖުމްލަ 263 ދައުވާއެއް ޕީޖީ އޮފީހުން ކޯޓުތަކަށް ހުށަހަޅާފައިވެއެވެ.
މިދިޔަ އޭޕްރީލް މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ މަހު 190 މައްސަލައެއް ބަލައިގަނެ، ތަހުގީގީ އިދާރާތަކަށް 552 ފަހަރެއްގެ މަތިން ގާނޫނީ ލަފާ ދީފައިވެއެވެ. އަދި އެ މަހު ކޯޓުތަކަށް ހުށަހަޅާފައިވަނީ 232 ދައުވާއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ދައުލަތުގެ ފަރާތުން ދައުވާ އުފުލުމާއި، ތަހުގީގީ އިދާރާތަކަށް ގާނޫނީ އިރުޝާދު ދިނުމުގެ އެންމެ މަތީ އިދާރާއެވެ.
އެ އޮފީހުން އަންނަނީ މަސައްކަތުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމުގެ ގޮތުން ކޮންމެ މަހަކުވެސް މަސައްކަތުގެ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް
.png&w=3840&q=75)
ޝަމްއާން ރައީސް އާއި ބެހޭ ގޮތުން ހެއްދެވީ ބުހުތާނު ދޮގު: ތަރުޖަމާނު
16 މިނިޓު ކުރިން

އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރ ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
3 ގަޑިއިރު ކުރިން

މިއަހަރު ހައްޖަށްދިޔަ 3 ވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ
5 ގަޑިއިރު ކުރިން

އައްޑޫ އެކްސިޑެންޓްގައި ރަމީޒް ނިޔާވުމާއި ގުޅިގެން ޖިނާއީ ތަހުގީގެއް ފަށައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)