
އެމެރިކާއިން އިސްރާއީލަށް 6.75 ބިލިއަން ޑޮލަރުގެ ބޮމާއި660 މިލިއަން ޑޮލަރުގެ ހެލްފަޔަރ މިސައިލް!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 08 ފެބްރުއަރީ 2025 - 14:30
އިސްރާއީލަށް 6.75 ބިލިއަން ޑޮލަރުގެ ބޮމާއި660 މިލިއަން ޑޮލަރުގެ ހެލްފަޔަރ މިސައިލް ހިމެނޭހެން ގިނަ އަދަދެއްގެ އަސްކަރީ އާލާތްތައް ވިއްކުމުގެ އެއްބަސްވުމެއްގައި އެމެރިކާއިން ސޮއިކޮށްފިއެވެ.
މިއީ އެމެރިކާގެ ސަރުކާރާ ޑޮނަލްޑް ޓްރަމްޕް ހަވާލުވި ފަހުން ހެދި މިފަދަ ފުރަތަމަ އެއްބަސްވުމެވެ. އަދި މިފަހުގެ ތާރީޚެއްގައި އެމެރިކާއިން އަސްކަރީ އާލާތްތައް ފޯރުކޮށްދިނުމަށް ގާއިމުކުރި އެންމެ އަގުބޮޑު އެއްބަސްވުންވެސް މެއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން ސޮއިކުރި މިއެއްބަސްވުމުގެ ދަށުން އިސްރާއީލަށް 6.75 ބިލިއަން ޑޮލަރުގެ ބޮމާއި ގައިޑެންސް ކިޓާއި ފިއުޒް ވިއްކުމުގެ އިތުރުން 660 މިލިއަން ޑޮލަރުގެ އަގުހުރި ހެލްފަޔަރ މިސައިލް ވިއްކަން ވަނީ އެއްބަސްވެފައެވެ.
ފަލަސްތީނުގެ ނަސްލުނައްތާލައި ބިންތައް އިސްތިއުމާރުކުރުމަށް އިސްރާއީލުން ހިންގަމުންދާ ހަނގުރާމައި ޖަރީމާތަކަށް އެންމެ ބޮޑު އެހީއެއްވާ އެއް ގައުމަކީ އެމެރިކާއެވެ. އިސްރާއީލަށް ވާގިވެރިވުމުގެ ގޮތުން، އދ. އަށް ހުށަހަޅާ ގަރާރުތައް ވީޓޯކުރުމުގެ އިތުރުން އެމެރިކާއިން އަންނަނީ ލޯން އެހީ އަދި ހިލޭ އެހީގެ ގޮތުގައިވެސް މާލީ އެހީ އަދި އަސްކަރީ ސާމާނު އިސްރާއިލަށް ފޯރުކޮށްދެމުންނެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 48،181 މީހުން ޝަހީދުވެފައިވާކަން ކަށަވަރުވެފައިވާއިރު 111،638 މީހުން ޒަޚަމްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
ގައުކުނޑިތަކުގެ އަޑީގައިވާ މީހުން ހިމެނޭ ގޮތުން 61،709 އަށް ޝަހީދުންގެ އަަދަދު އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ހަމައެކަނި އޮކްޓޯބަރު 7، 2023 ގައި އިސްރާއީލުން ދިން ހަމަލާތަކުގައި 1،139 މީހުން ޝަހީދުކޮށްލާފައިވާއިރު، 200 އަށް ވުރެ ގިނަ މީހުން ވަނީ ބަންދުކޮށްފައެވެ.
އިސްރާއީލާއި ހަމާސްއާ ދެމެދު ވެފައިވާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ 183 މީހަކު އިސްރާއީލުގެ ޖަލުތަކުން ދޫކޮށްލާފައިވާއިރު، ޣައްޒާގެ ޖަލުތަކުގައި ތިބި އިސްރާއީލުގެ ތިން މީހަކު ވަނީ މިނިވަންކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ނޮވެމްބަރު މަހު އަސާސީ ކާބޯތަކެތީގެ އަގުތަށް ދަށަށް ގޮސްފި
ސިކުންތުކޮޅެއް ކުރިން

އެމް ގެޕް ސްޓޭންޑަރޑަށް އަހުލުވެރި ކުރުމުގެ ވޯކްޝޮޕް ފަށައިފި
6 މިނިޓު ކުރިން

ހެޕިނަސް ލައުންޖާއި ޔޫތު ކައުންސިލްގެ ހިދުމަތް ޔޫތު ހަބުން ދޭން ފަށައިފި
2 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ކުރީގެ ރައީސުންގެ އޮފީސް ހަރަދު އުނިކޮށް، ނައިބުންނަށް އިނާޔަތްލިބޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި
14 ގަޑިއިރު ކުރިން


