logo
ރަށްރަށުގައި ދުއްވާ 3 ފުރޮޅުލީ އުޅަނދު---

ރަށްރަށުގައި ދުއްވާ 3 ފުރޮޅުލީ އުޅަނދު---

3 ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކުރަން ހާއްސަ ލުއިތަކެއް!

profile

ޖިނާން ޙުސައިން ޖަބީން - 26 ނޮވެމްބަރު 2026 - 12:18

އަތޮޅުތަކުގެ ރަށްރަށުގައި ދުއްވާ ތިންފުރޮޅުލީ އުޅަނދުތަކުގެ ތެރެއިން ދެ ކެޓަގަރީއެއްގެ އުޅަނދު ރަޖިސްޓަރީ ކުރުމުގައި ހާއްސަ ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

https://wamco.com.mv/

މިކަން ހާމަކޮށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެކި ސަބަބުތަކާ ހުރެ ރަޖިސްޓަރީ ނުކުރެވި، ގިނަ ދުވަސްތަކެއް ވަންދެން އަތޮޅުތެރޭގައި ދުއްވަމުންދާ އުޅަނދުތައް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އުޅަނދު ރަޖިސްޓަރީ ކުރުމަށް ބޭނުންވާ މުހިންމު ބައެއް ލިޔެކިޔުންތައް ވެރިފަރާތްތަކުގެ އަތުގައި ނެތުމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އެގޮތުން، ފަސިންޖަރުންނާއި މުދާ އުފުލުމަށް ބޭނުންކުރާ ސީ-3 އަދި ސީ-4 ކެޓަގަރީގެ ތިންފުރޮޅުލީ އުޅަނދުތަކަކީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން އަމިއްލަ ބޭނުމަށް ރަޖިސްޓަރީ ކުރެވޭ އުޅަނދުތަކެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.

އެހެންކަމުން، މި ކެޓަގަރީތަކުގެ އުޅަނދުތައް އަމިއްލަ ފަރުދުންގެ ނަންމަތީގައި ރަޖިސްޓަރީ ކޮށްދިނުމުގެ އިތުރުން، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ ތެރެއިން، މިފަދަ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށް ދައްކަންޖެހޭ ފީތައް މައާފުކޮށްދިނުމަށް ނިންމާފައިވާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އިމްޕޯރޓް ކުރިތާ ގިނަދުވަސްވުމުގެ ސަބަބުން، ނުވަތަ ރަޖިސްޓްރީކުރުމަށް ލާޒިމް ކުރުމުގެކުރިން ރާއްޖެ އެތެރެކޮށް އަތޮޅުތެރޭގައި ބޭނުންކުރަމުންދާ ސީ-3 އަދި ސީ-4 ކެޓަގަރީގެ އުޅަނދުތައް، ރަޖިސްޓަރީކުރަން ބޭނުންވާ ބައެއް ލިޔެކިޔުންތައް ވެރިފަރާތްތަކުގެ އަތުގައި ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މިފަދަ އުޅަނދުތައް އެ އުޅަނދެއްގެ ރޯޑްވާރދިނަސް ލިޔުމަށްބަލައި ރަޖިސްޓްރީކޮށްދިނުމަށް އެ ވުޒާރާއިން ވަނީ ނިންމައިފައެވެ.

https://wamco.com.mv/
tel:+9607331319