logo

އިންތިހާބުގެ ކުރިން ނިޒާމީ ވޯޓު ނެގުމަކީ ކުރެވޭނެ ކަމެއް ނޫން – އީސީ

profile

އަހުމަދު ޒަލީފު - 19 ސެޕްޓެމްބަރު 2023 - 15:48

އީސީގެ ރައީސް ފުޢާދު އަދި ބައެއް މެމްބަރުން

އީސީގެ ރައީސް ފުޢާދު އަދި ބައެއް މެމްބަރުން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މި މަހުގެ 30 ވަނަ ދުވަހު ބާއްވާއިރު، އޭގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން ނިޒާމީ ވޯޓެއް ނަގަން ޑިމޮކްރެޓްސްއިން ހުށަހެޅި ގަޜާރުގެ ބަހުސް މިއަދު ފެށިއިރު އެ ގަރާރުގެ މައްސަލަ ނިމިގެން މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ނިންމައިފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން ޑިމޮކްރެޓްސްއިން ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ވަނީ ބަލައިގެންފައެވެ.

އެ ގަރާރު ބަލައިގަންނަން ފާސްކުރީ 35 މެމްބަރުންގެ ވޯޓާއެކު އެވެ.

އެ ގަރާރު ބަލައިގަތުމާއެކު ޑިމޮކްރެޓްސްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވީ އެ ގަރާރު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުއްވުމަށެވެ. އަދި އެކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ތާއިދު ކުރެއްވިއެވެ.

އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީއަށް ގެންދަން ފާސްކުރީ 34 މެމްްބަރުންގެ ވޯޓާއެކުއެވެ.

އަދި މާދަމާ އެ ގަރާރުގެ މައްސަލަ މުޅި މަޖިލީހުގެ ކޮމިޓީގައި ފަށާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ މިއަދު ޖަލްސާ ނިންމާލެއްވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރުގައި ވާގޮތުން ނިޒާމީ ވޯޓު ނެގުމަށް ހުށަހަޅާފައިވަނީ ނޮވެމްބަރު 30 ވަނަ ދުވަހުގެ ކުރިންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުުރުގައި އެއްވެސް ޕާޓީއަކަށް ތާއިދުކުރުމަށް ނަޝީދު އިސްވެ އުޅުއްވާ ޑިމޮކްރެޓްސްއިން، ވަކިި ޝަރުތުތަކެއް ކަނޑައަޅައި ރޭ ވަނީ ޕާޓީ ތެރެއިން ވެސް ވަކި ގަރާރެއް ފާސްކޮށްފައެވެ.

އެ ގަރާރުގައި ބުނެފައިވާ ގޮތުގައި އެމްޑީޕީގެ ސަރުކާރާއި ގުޅޭނީ ނިޒާމީ ވޯޓު މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ނަގަން މި މަހުގެ 20ގެ ކުރިން އެއްބަސްވާނަމަ ކަމަށާއި، ޕީޕީއެމް ޕީއެންސީއާ ގުޅޭނީ އެ ސަރުކާރުގެ ހިއްސާ އެ ޕާޓީއަށް ލިބޭނެ ކަމަށް މި މަހުގެ 20 ކުރިން އެއްބަސްވެގެންނެވެ.

އަދި އެ ގޮތަށް ދެ ޕާޓީން ވެސް އެއްބަސްނުވާނަމަ އެއްވެސް ޕާޓީއަށް ތާއިދުނުކުރަން ވަނީ ނިންމައިފައެވެ.

https://int.etukuri.mv/
tel:+9607331319