logo

ދާރުލް އަރުގަމްގެ ބިންގާ އަޅައިފި

profile

މުޙައްމަދު ފަޟްލޫން - 20 ނޮވެމްބަރު 2025 - 13:14

މާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ވަގުފް އިމާރާތް ދާރުލް އަރުގަމްގެ ބިންގާ އަޅައިފިއެވެ.

https://wamco.com.mv/

ދާރުލް އަރުގަމްގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

މި އިމާރާތުގެ ފައިނޭންސް ހަމަޖައްސައިދީފައިވަނީ ބީއެމްއެލް އިސްލާމިކްގެ ފަރާތުންނެވެ.

12 ބުރީއަށް އިމާރާތް ކުރާ ދާރުލް އަރުގަމްގައި ޒަމާނީ އޮފީސް ތަކާއި މީޓިންގ ރޫމްތައް ހިމެނޭނެއެވެ.

މީގެ އިތުރުން މި އިމާރާތުގެ ބޭސްމެންޓްގައި ވެހިކަލް ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

540 ދުވަހުުގެ ތެރޭގައި ނިންމަން އާރުސީސީ އާއި ހަވާލްކޮށްފައިވާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 39.4 މިލިއަން ރުފިޔާއެވެ.

މީގެ ކުރިންވެސް ވަގުފް އިމާރާތެއް މާލޭގައި ބިނާކުރެވިގެން ގޮސްފައިވެއެވެ. އެއީ ދާރުލް އީމާންއެވެ. އެ އިމާރާތް ހުންނަނީ މާފަންނު ގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay