
ޕްރިޔަންކާ "ބިޔޯންސޭ ކޮންސެޓް" އަށް ދިޔައީ މަންމަ އާއި އެކު!

ޢާއިޝަތު ޢަލީ - 06 ޖޫން 2023 - 14:58
އަހަރެމެންގެ މަންމައާއެކު ވަގުތު ހޭދަކުރުމަކީ އެންމެންވެސް ބޭނުންވާ ކަމެކެވެ. އެކަމުގައި ބޮލީވުޑް އަދި ހޮލީވުޑްގައިވެސް ފިޔަ ޖަހަމުން އަންނަ ޕްރިޔަންކާ ޗޯޕްރާ ވެސް ތަފާތެއް ނެތެވެ.
ޕްރިޔަންކާ ވަނީ އޭނާގެ މަންމަ މަދޫ ޗޯޕްރާއާ އެކު "ބިޔޯންސޭ ކޮންސެޓް"ގައި ބައިވެރިވެފައިއެވެ. ބިޔޯންސޭ މިހާރު ރެނެސަންސް ވޯލްޑް ޓުއާގައި އުޅޭއިރު، ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ މަންމަ ވަނީ ކޮންސެޓްގެ ލަންޑަން އެޑިޝަންގައި ބައިވެރިވެފައެވެ. ދެމައިންވެސް ފެނިފައިވަނީ ރީތި ކަޅު ހެދުމުގައިކަން ފާހަގަކޮށްލެވެއެވެ.
ޕްރިޔަންކާ އޭނާގެ މަންމަ އާއި އެކު ބިޔޯންސޭ ކޮންސެޓްގައި
ޕްރިޔަންކާ ވަނީ ކޮންސެޓްގައި ތިބި ފޮޓޯތަކާއި ވީޑިއޯތަކެއްވެސް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިއެވެ. އެ ދެމީހުން އެކުގައި ނަށާ، އުފާވެރި ވަގުތުކޮޅެއް ހޭދަކުރާތަން ފެނިފައިވެއެވެ. އަދި އެ ޕޯސްޓްގައި މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ ލަވައިގެ ތަންކޮޅެއް ކެޕްޝަންގައި ލިޔެފައިވާއިރު، ޕްރިޔަންކާގެ ފިރިމީހާ ނިކް ޖޯނަސްއަށް ޝުކުރު އަދާކޮށް ލޯބިވާ ވާހަކަވެސް ހިއްސާ ކޮށްފައިވެއެވެ.
ޕްރިޔަންކާ އާއި އޭނާގެ މަންމަ އާއި ގާތް ގުޅުމެއް ހިއްސާކުރާތަން އަބަދުވެސް ފެނިގެން ދެއެވެ.
ގުޅުން ހުރި ޙަބަރުތައް

ގްރޭޓަރ މާލޭ ސަރަހައްދުގެ މިސްކިތްތައް އޭސީ ކުރުމުގެ އަމަލީ މަސައްކަތް ސްޓެލްކޯއިން ފަށައިފި
ގަޑިއިރެއް ކުރިން

މެޑަމް ސާޖިދާ "ވިވިޑް ރިއަލިޒަމް - ބައި ހުސައިން" މައުރަޒު އިފުތިތާހުކޮށްދެއްވައިފި
ގަޑިއިރެއް ކުރިން

ދ އަތޮޅު ހޮސްޕިޓަލްގައި ޑަޔަލަސިސްގެ ހިދުމަތް ފަށައިފި
ގަޑިއިރެއް ކުރިން

ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އެއްވެސް ފަރާތަކުން މައުލޫމާތުނުފެތުރުން އެދެން: އީސީ
ގަޑިއިރެއް ކުރިން


