logo

ބަރުލަމަނީ ގަރާރު މަޖިލީހުން ބަލައިގެންފި

profile

އަހުމަދު ޒަލީފު - 19 ސެޕްޓެމްބަރު 2023 - 15:41

އިލްޔާޞް ލަބީބް ކެމްޕެއިންގައި

އިލްޔާޞް ލަބީބް ކެމްޕެއިންގައި

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން ޑިމޮކްރެޓްސްއިން ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

އެ ގަރާރު ބަލައިގަންނަން ފާސްކުރީ 35 މެމްބަރުންގެ ވޯޓާއެކު އެވެ.

އެ ގަރާރު ބަލައިގަތުމާއެކު ޑިމޮކްރެޓްސްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވީ އެ ގަރާރު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުއްވުމަށެވެ. އަދި އެކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ތާއިދު ކުރެއްވިއެވެ.

އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީއަށް ގެންދަން ފާސްކުރީ 34 މެމްްބަރުންގެ ވޯޓާއެކުއެވެ.

އަދި މާދަމާ އެ ގަރާރުގެ މައްސަލަ މުޅި މަޖިލީހުގެ ކޮމިޓީގައި ފަށާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ މިއަދު ޖަލްސާ ނިންމާލެއްވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރުގައި ވާގޮތުން ނިޒާމީ ވޯޓު ނެގުމަށް ހުށަހަޅާފައިވަނީ ނޮވެމްބަރު 30 ވަނަ ދުވަހުގެ ކުރިންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުުރުގައި އެއްވެސް ޕާޓީއަކަށް ތާއިދުކުރުމަށް ނަޝީދު އިސްވެ އުޅުއްވާ ޑިމޮކްރެޓްސްއިން، ވަކިި ޝަރުތުތަކެއް ކަނޑައަޅައި ރޭ ވަނީ ޕާޓީ ތެރެއިން ވެސް ވަކި ގަރާރެއް ފާސްކޮށްފައެވެ.

އެ ގަރާރުގައި ބުނެފައިވާ ގޮތުގައި އެމްޑީޕީގެ ސަރުކާރާއި ގުޅޭނީ ނިޒާމީ ވޯޓު މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ނަގަން މި މަހުގެ 20ގެ ކުރިން އެއްބަސްވާނަމަ ކަމަށާއި، ޕީޕީއެމް ޕީއެންސީއާ ގުޅޭނީ އެ ސަރުކާރުގެ ހިއްސާ އެ ޕާޓީއަށް ލިބޭނެ ކަމަށް މި މަހުގެ 20 ކުރިން އެއްބަސްވެގެންނެވެ.

އަދި އެ ގޮތަށް ދެ ޕާޓީން ވެސް އެއްބަސްނުވާނަމަ އެއްވެސް ޕާޓީއަށް ތާއިދުނުކުރަން ވަނީ ނިންމައިފައެވެ.


tel:+9607331319