logo

" ލޭބާ ފޯސް ސާވޭ 2024 " ފަށައިފި

profile

މަރްޔަމް ލީމް އަބޫބަކުރު - 26 ނޮވެމްބަރު 2024 - 18:29

ސިނަމާލެ ބްރިޖް

ސިނަމާލެ ބްރިޖް

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ފަރާތުން މި އަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ލޭބާ ފޯސް ސާވޭ 2024" ގްރޭޓާ މާލެ ސަރަހައްދުގައި ފަށައިފިއެވެ.

މި ސާވޭއިން މައުލޫމާތު ނެގޭނެ މައިގަނޑު ބައިތަކުގެ ތެރޭގައި ގޭބިސީގެ ވަކިވަކި ފަރުދުންގެ އާންމު މައުލޫމާތާއި ހިޖުރަކުރުމާ ގުޅޭ މައުލޫމާތު ހިމެނެއެވެ. އަދި ހާސިލް ކޮށްފައިވާ ތައުލީމާ ގުޅޭ މައުލޫމާތާއި ވަޒީފާއާއި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީގެ ތަފްސީލް ވެސް ނެގޭނެ މައުލޫމާތު ތަކުގެ ތެރޭގައި ހިމެނެއެވެ. އާމްދަނީ ލިބޭ އަދި ނުލިބޭގޮތަށް ކުރާ މަސައްކަތާއި، ގޭތެރޭގެ މަސައްކަތުގައި ވަގުތު ހޭދަކުރާ މިންވަރާއި ހިލޭސާބަހަށް ކުރާ މަސައްކަތުގެ ތަފްސީލްވެސް ހިމެނެއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ ކޮންމެ ފަރުދަކާއި ގޭބިސީއެއްގެ މައުލޫމާތު ސިއްރެއްގެ ގޮތުގައި ހިފެހެއްޓޭނެ ކަމަށާއި، 528 ގޭބިސީގެ ތެރެއިން 176 ގޭބިސީއަށް ކޮންމެ މަހަކުވެސް ބިއުރޯގެ އެނިއުމެރޭޓަރުން ޒިޔާރަތް ކުރާނެ ކަމަށެވެ.

މި ގައުމީ ސާވޭގެ ބޭނުމަކީ ރާއްޖޭގެ ލޭބާ މާކެޓާ ގުޅޭ (ވަޒީފާގެ ބާޒާރާ ގުޅޭ) މުހިންމު ތަފާސްޗހިސާބުތައް އެއްކުރުމެވެ. މި ސާވޭއިން ލިބޭ މައުލޫމާތުތަކުގެ އެހީގައި މަސައްކަތް ލިބިފައިވާ އާބާދީގެ ނިސްބަތާއި ލިބިފައިނުވާ އާބާދީގެ ނިސްބަތް ފަދަ ލޭބަރ މާކެޓާއި ގުޅޭ އިންޑިކޭޓަރުތައް އެކުލަވާލާނެ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ފާހަގަކުރިއެވެ. މި ސާވޭއަކީ ތަފާސްހިސާބުގެ ގާނޫނުގެ ދަށުން ހުއްދަ ލިބިފައިވާ ސާވޭއެކެވެ.

https://wamco.com.mv/
tel:+9607331319