
ރާއްޖޭގެ އުތުރުގެ ރަށްތަކަށް ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސް: މެޓް އޮފީސް

އާމިނަތު ޝަޒްލާ - 27 މޭ 2026 - 06:15
ރާއްޖޭގެ އުތުރުގެ ރަށްތަކަށް ކުރިޔަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދެ ދުވަހު އުތުރުގެ ރަށްތަކަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، އަދި މެދުރާއްޖެތެރޭގެ ރަށްތަކަށް ކެރީގެ އަސަރު ކުރިނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށެވެ.
މެޓު އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، އުތުރުގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ގުގުރުން އެކަށީގެންވާ ކަމަށާއި، އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރިނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.
އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި، 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި، 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ހާމަކޮށްފައެވެ.
ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށާއި، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 6-4 ފޫޓު އަދި ދެކުނުގެ އަތޮޅުތަކަށް 4-2 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓު އޮފީހުން ވަނީ ހާމަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަމާޒަކީ އެމްޑީޕީއަށް 1 ލައްކަ މެމްބަރުން އިތުރުކުރުން: ރައީސް ނަޝީދު
2 ގަޑިއިރު ކުރިން

މިއަހަރުގެ މިހާތަނަށް އެސްޑީއެފްއަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފި
2 ގަޑިއިރު ކުރިން

ޝަހްޒާން ދޫކޮށްލައިފި
3 ގަޑިއިރު ކުރިން

ލ. ގަމުގައި ކަރަންޓު ޖެހި ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް، އިތުރު ފަރުވާއަށް މާލެ ގެންނަނީ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)