logo

ހިމާޔަތްކޮށްފައިވާ ޖަނަވާރު އެތެރެކުރާނަމަ ބޮޑު ޖޫރިމަނާއެއް!

profile

ޒިދާން މުޙައްމަދު - 19 އޮކްޓޯބަރު 2024 - 14:45

ނެތި ދިއުމުގެ ބިރު އޮތަތީ ހިމާޔަތްކޮށްފައިވާ ދިރޭ ތަކެތި އެތެރެކުރާނަމަ، އެތެރެކުރާ ކޮންމެ އެއްޗަކަށް 30،000 ރުފިޔާގެ މަގުން އެތެރެކުރާ ފަރާތް ޖޫރިމަނާކުރާ ގޮތަށް ޤަވާއިދު އިސްލާޙު ކޮށްފިއެވެ.

އިސްލާހު ގެނެސްފައިވަނީ ނެެތި ދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓްރޯލްކުރުމަށް ދޫކުރާ ހުއްދައާއި ވިޔަފާރިކުރާ ފަރާތްތަކާއި ތަކެތި ރަޖިސްޓަރީކުރުމާ ގުޅޭ ޤަވާއިދަށެވެ.

އެ އިސްލާހުގައި، ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭ އެއްޗެއް ހުއްދަނެތި އިމްޕޯޓްކުރުމާއ،ި އެކްސްޕޯޓްކުރުމާއި ރީއެކްސްޕޯޓްކުރުމާއ،ި ކަނޑުން އެތެރެކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި ގަވާއިދުގައި މިހާރު އޮތް ގޮތުން އެފަދަ ދިރުމެއް އެތެރެކުރުމަށް ބޭނުންވާ ހުއްދަނެތި ރާއްޖެއަށް އެތެރެކޮށްފިނަމަ، އެ އެތެރެކުރި ކޮންމެ އެއްޗަކަށް 30،000 ރުފިޔާގެ މަގުން އެ އެއްޗެއް އެތެރެކުރާ ފަރާތް ޖޫރިމަނާ ކުރާނެއެވެ.

ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭ އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް ގާނޫނާއި ޤަވާއިދުގެ ދަށުން ދޫކުރާ ހުއްދަޔާއެކު މެނުވީ އިމްޕޯޓްކުރުމާއ،ި އެކްސްޕޯޓްކުރުމާއ،ި ރީއެކްސްޕޯޓްކުރުމާއ،ި ކަނޑުން އެތެރެކުރުމަކީ ވެސް މަނާކަމެއް ކަމަށް ވެސް އިސްލާހުގައިވެއެވެ.

މީގެ އިތުރުން އެފަދަ ދިރުމެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް އެތެރެކުރުމަށް ބޭނުންވާ ހުއްދަ ނެތި އެތެރެކޮށްފިނަމަ އެތެރެކުރި ކޮންމެ އެއްޗަކަށް 10,000 ރުފިޔާގެ މަގުން އެ އެއްޗެއް އެތެރެކުރާ ފަރާތެއް ޖޫރިމަނާކުރެވޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން ބުނެއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން ބުނީ ދިރޭ އެއްޗެއް ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް ޤާނޫނާއި ޚިލާފަށް އަމިއްލަ ބޭނުމަށް ގެންގުޅުމާއި ކޮންޓްރޯކުރުމާއި ވިއްކުމާއި ވިއްކުމަށް މަސައްކަތްކުރުމާއި އާންމުންނަށް ފެންނަ ތަންތަނުގައި ބެހެއްޓުމަކީ މަނާކަމެއް ކަމަށެވެ. އެގޮތުން މި ފަދަ އަމަލެއް ކޮށްފިނަމަ އެ މައްސަލައިގައި ހިމެނޭ ކޮންމެ އެއްޗެއްގެ އުފެއްދުމަކަށް 10،000 ރުފިޔާގެ މަގުން އެކަން ކުރި ފަރާތް ޖޫރިމަނާކުރެވޭނެ ކަމަށެވެ.

އެ ވުޒާރާއިން ބުނީ މި ޤާނޫނުގެ ދަށުން ދޫކުރާ ހުއްދައިގެ ޝަރުތުތަކާއި ނުވަތަ ރަޖިސްޓްޜޭޝަނުގެ ޝަރުތަކާއި ޚިލާފުވުމަކީ މަނާކަމެއް ކަމަށެވެ. މިފަދަ އަމަލެއް ފުރަތަމަ ފަހަރު ކޮށްފިނަމަ 5000ހާސް ރުފިޔާއިން ދެ ވަނަ ފަހަރަށްކޮށްފިނަ 10،000ރުފިޔާއިން 3 ވަނަ ފަހަރު ފަހަރަށްކޮށްފިނަމަ 20،000ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އަދި 3 ފަހަރަށް ވުރެއް ގިނައިން މިފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 50،000 ރުފިޔާއަށް ވުރެއް ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށެވެ.

ނެެތި ދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓްރޯލްކުރުމަށް ދޫކުރާ ހުއްދައާއި ވިޔަފާރިކުރާ ފަރާތްތަކާއި ތަކެތި ރަޖިސްޓަރީކުރުމާ ގުޅޭ ޤަވާއިދު ގެޒެޓްގައި ޝާއިއުކުރުމާއެކު އެ ޤަވާއިދަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.


https://int.etukuri.mv/
tel:+9607331319