
ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު އިންޑިއާއަށް ފުރާވަޑައިގަންނަވައިފި

އާމިނަތު ޝަޒްލާ - 12 މޭ 2026 - 09:17
ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އިންޑިއާއަށް ފުރާވަޑައިގަންނަވައިފިއެވެ. މިއީ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އެކަމަނާ ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅަކީ އިންޑިއާގެ ޚާރިޖީ ވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅަކަށްވާއިރު، މި ދަތުރުފުޅުގައި ވަޒީރު އިރުތިޝާމް، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖަޔަޝަންކަރާއެކު ރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވަޒީރު އިރުތިޝާމްގެ އަރިހުގައި އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހީމް ޒުހުރީ އާއި އެސިސްޓަންޓް ޑައިރެކްޓަރ އާމިނަތު ގުރައިޝާ ބައިވެރިވެވަޑައިގަންނަވައެވެ.
ގުޅުން ހުރި ޙަބަރުތައް

ޓެކްނޮލޮޖީއާއެކު މަޢުލޫމާތު ފެތުރުން އަވަސްވިޔަސް، އެ މަޢުލޫމާތުގެ ސައްހަކަމާއި އިތުބާރު ދެމެހެއްޓުމަކީ ބޭނުންތެރި ކަމެއް: ބީއެމްއެލް ސީއީއޯ
ގަޑިއިރެއް ކުރިން

ބްލެކްމެއިލްކުރުމާއި އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވި މީހަކު 6 އަހަރަށް ޖަލަށް
ގަޑިއިރެއް ކުރިން

އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސް އޮފީހުން ހުޅުވާލައިފި
2 ގަޑިއިރު ކުރިން

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރުމަށް މީހަކު ހޯދަނީ
3 ގަޑިއިރު ކުރިން


.gif&w=3840&q=75)