logo

ރާއްޖޭގައި އުޅޭ ދޫނިތަކާ ގުޅޭ ދިރާސާއެއް ހެދުމަށް އެއްބަސްވުމެއް

profile

ޝުރުފާ މުހައްމަދު - 04 ޑިސެމްބަރު 2024 - 23:20

ދޫންޏާ ގުޅޭ ދިރާސާއެއް ކުރުމަށް ނިއުޒިލެންޑުގެ ޔުނިވާސިޓީއަކާއި އެކު އެއްބަސްވުމެއްގައި ސޮއިކުރުން---

ދޫންޏާ ގުޅޭ ދިރާސާއެއް ކުރުމަށް ނިއުޒިލެންޑުގެ ޔުނިވާސިޓީއަކާއި އެކު އެއްބަސްވުމެއްގައި ސޮއިކުރުން---

ރާއްޖޭގައި އުޅޭ ދޫނިތަކާއި ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކާ ގުޅޭ ދިރާސާއެއް ކުރުމަށް ނިއުޒިލެންޑުގެ ޔުނިވަރސިޓީއަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުން ގާއިމްކޮށްފައިވަނީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ނިއުޒިލެންޑުގެ ޔުނިވާސިޓީ އޮފް އޯކްލެންޑްއާ ދެމެދުގައެވެ. އީޕީއީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމެވެ.

އީޕީއޭ އިން ކުރި ޕޯސްޓެއްގައި ބުނީ މި އެއްބަސްވުމުގެ މަގުސަދަކީ މި ސަރަހައްދުގައި އުޅޭ ދޫނިތަކާއި ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކާ ބެހޭ ދިރާސާތައް ކުރުމާއި، އެކަމުގައި އެ އެޖެންސީގެ ގާބިލުކަން އިތުރުކުރުން ކަމަށެވެ.

ދޫނިތައް އުޅޭ މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި މުހިންމު ކަންކަން ދެނެގަތުމަކީ ވެސް މި އެއްބަސްވުމުގެ މުހިންމު ބޭނުމެއް ކަމަށް އީޕީއޭއިން ބުނެއެވެ.

މި އެއްބަސްވުމަކީ ރާއްޖޭގެ ވެށި ހިމާޔަތްކުރުމަށާއި ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ކުރާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު އެހީއެއް ކަމަށް ޕޯސްޓުގައިވެއެވެ.

https://int.etukuri.mv/
tel:+9607331319