logo

ބޭސް ދޫކުރާއިރު، ޑިސްޕެންސް ކޯޑު ފޮނުވަން އަނެއްކާވެސް ފަށަނީ

profile

އައިމިނަތު ރޫޔާ - 23 ނޮވެމްބަރު 2024 - 18:45

އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

އާސަންދަ ސްކީމްގެ ދަށުން ބޭސް ދޫކުރާއިރު، ބޭހާ ހަވާލުވާ ފަރާތަށް ޑިސްޕެންސް ކޯޑު ފޮނުވަން މާދަމާ އިން ފެށިގެން ފެށުމަށް އެކުންފުނިން ނިންމައިފިއެވެ.

އާސަންދައިން ބުނީ އާސަންދަ ހިދުމަތުން ބޭސް ދޫކުރާއިރު، ބޭޙާ ހަވާލުވާ ފަރާތުގެ ފޯނަށް "ޑިސްޕެންސް ކޯޑު" ފޮނުވުން މެދުކެނޑުމަކަށްފަހު، މާދަމާއިން ފެށިގެން ފަށާނެކަމަށެވެ. އެގޮތުން ބޭހާ ހަވާލުވާން އަންނަ ފަރާތުގެ އައިޑީކާޑު ފާމަސިސްޓަށް ދެއްކުމަށްފަހު، އެފަރާތުގެ ފޯނު ނަމްބަރު ދިނުމުން އެ ނަންބަރަށް "ޑިސްޕެންސް ކޯޑު" ފޮނުވާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އާސަންދައިން ބުނީ ފާމަސިސްޓަށް ބޭސް ދޫކުރެވޭނީ އެ ކޯޑު އާސަންދަ ޕޯޓަލަށް އެންޓަރކޮށްގެންކަމަށެވެ.

މިހާރު ބޭސް ނަގާއިރު ބޭނުންވަނީ ހަމައެކަނި ބޭސް ސިޓީއެވެ. ނަމަވެސް މާދަމާއިން ފެށިގެން ބޭސް ދޫކުރާއިރު، ފޯނަށް އަންނަ ޑިސްޕެންސް ކޯޑު ޖަހަން ޖެހޭނެއެވެ. މިއީ ބޭސް ނެގުމުގައި ދިމާވާ މައްސަލަތަކާއި އާންމުންގެ ޝަކުވާތަކަށް ހައްލު ހޯދައި، އާސަންދަ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އާސަންދައިން ގެނައި ބަދަލެކެވެ.

އާސަންދައިގެ ދަށުން ދޫކުރާ ބޭސް ސިޓީއަށް ބޭސް ނަގަން ނުދަނީސް ބިލް ކުރުން ހުއްޓުވުމަށް ޓަކައި، ބޭސް ނަގަންދާ މީހާގެ ފޯނަށް ޑިސްޕެންސިން ކޯޑެއް ދާގޮތަށް މިދިޔަ އަހަރުގައި ވެސް އެ ކުންފުނިން ހަމަޖެއްސިއެވެ. މި ހިދުމަތް މެދުކެނޑުމަށްފަހު އަނެއްކާވެސް މި ހިދުމަތް ފެށުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

https://int.etukuri.mv/
tel:+9607331319