logo

އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ ހަތަރު ސިޔާސީ ޕާޓީއަކަށް

profile

އައިޝަތު އިނާޝާ - 06 ޑިސެމްބަރު 2025 - 07:55

އަންނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން ފައިސާ ލިބެން ޝަރުތު ހަމަވަނީ ހަތަރު ސިޔާސީ ޕާޓީއަކަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

https://wamco.com.mv/

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ ދައުލަތުގެ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލިހުން ފާސްކުރި ދުވަސް ކަމަށްވާ މިދިޔަ ނޮވެމްބަރު 25 ގެ ނިޔަލަށް 10،000 މެމްބަރުން ހަމަވަނީ ހަތަރު ޕާޓީއެއްގައި ކަމަށެވެ.

އެއީ:

- ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ (68،665 މެމްބަރުން)

- އިދިކޮޅު އެމްޑީޕީ (43،765 މެމްބަރުން)

- ޖުމްހޫރީ ޕާޓީ (13،456 މެމްބަރުން)

- އެމްޑީއޭ 9،011 (މެމްބަރުން)

ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް އަދާލަތު ޕާޓީ އޮތް ނަމަވެސް މިއަދު އީސީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން އެ ފައިސާ ލިބޭ ލިސްޓުގައި އެ ޕާޓީ ނުހިމެނެ އެވެ. އަދާލަތު ޕާޓީގައި މިހާރު ތިބީ 8،844 މެމްބަރުންނެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތުން ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 އިންސައްތަ، ސިޔާސީ ޕާޓީތައް ހިންގަން ދޭންޖެހެއެވެ. އެ ފައިސާ ދޫކުރަނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަންޏެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓުން ފަސް ސިޔާސީ ޕާޓީއަކަށް 27 މިލިއަން ރުފިޔާ ދޫކުރިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay