logo
ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް

ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް

ޒުވާންކުޅުންތެރިންނަށް ހަޖޫޖެހުމުން އެ ހަލާކުކޮށްލެވެނީ ގައުމުގެ ކުޅިވަރު މުސްތަގުބަލް: ކޮމިޝަނަރ އޮފް ސްޕޯޓްސް

profile

މުޙައްމަދު ފަޟްލޫން - 15 ފެބްރުއަރީ 2026 - 12:23

ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ގަނާކޮށް، ފުރާއްސާރަކޮށް، ހަޖޫ ޖެހުމުގެ ސަބަބުން އެ ހަލާކުކޮށްލެވެނީ ޤައުމުގެ ކުޅިވަރުގެ މުސްތަޤްބަލް ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޮލާލް ވިދާޅުވީ ވަކި މީހެއްގެ ދަރިއަކަށްވުން، ވަކި ޢާއިލާއަކަށް ނިސްބަތްވުން އެއީ އެ ކުޅުންތެރިއެއްގެ ޙައްޤަކުން މަހްރޫމްވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކުއްޖެއްގެ ހުނަރުން އެ ކުއްޖަކު ހޯދާ ކާމިޔާބީއަކީ އެ ކުއްޖެއްގެވެސް އަދި ޤައުމުގެވެސް ކާމިޔާބީއެއް ކަމަށާއި އެކަމުގެ ފައިދާ މުސްތަގުބަލުގައި ގައުމަށް ކުރާނެ ކަމަށެވެ.

ކުޅުންތެރިން ހޯދާ ކާމިޔާބީގައި އެ ކުޅުންތެރިންނަށް ހިތްވަރުދީ ކުރިއަށް ދިއުމުގެ މަގު ދައްކައިދިނުމަކީ ކުޅިވަރުގެ މުސްތަޤްބަލް އުޖާލާ ކުރުމަށް އެޅޭ ވަރަށް ހަރުދަނާ ފިޔަވަޅަކަށްވާނެ ކަމަށް ތޮލާލް ވަނީ ވިދާޅުވެފައެވެ.

ކުޅިވަރުގަައި ވާނުވާ ނޭނގި ނަމަވެސް، ކަންކަމުގެ ޙަޤީޤަތް އޮޅުވާލުމުގެ ބޭނުމުގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ގަނާކޮށް، ފުރާއްސާރަކޮށް، ހަޖޫ ޖެހުމުގެ ސަބަބުން އެ ހަލާކުކޮށްލެވެނީ ޤައުމުގެ ކުޅިވަރުގެ މުސްތަޤްބަލް ކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.

ތޮލާލް މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ސްޕޯޓްސް އެވޯޑަށް ނޮމިނޭޓް ވުމާއި ގުޅިގެން އާއްމު ފަރާތްތަކުން އެކަމަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނެފައިވަނީ އުމެއިރު ސްޕޯޓްސް އެވޯޑަށް ނޮމިނޭޓްވީ ރައީސްގެ ދަރިކަލުންނަށްވީތީ ކަމަށެވެ.

އުމައިރު ސްޕޯޓްސް އެވޯޑަށް ނޮމިނޭޓްވީ ރައީސްގެ ދަރިކަލުންނަށް ވީތީ ނޫންކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި ކުރީގެ ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މަހްލޫފް އިތުރަށް ވިދާޅުވެފައިވަނީ އުމައިރު އަކީ ހުނަރުވެރި މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިއެއް ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk