
މޯލްޑިވިއަން އާއި އެއަރ އިންޑިއާއާ ދެމެދު ކަނެކްޓިވިޓީ އެގްރީމެންޓެއްގައި ސޮއިކޮށްފި

އައިޝަތު އިނާޝާ - 06 ޑިސެމްބަރު 2025 - 07:48
ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އާއި އިންޑިއާގެ ޤައުމީ އެއަރލައިން އެއަރ އިންޑިއާއާއި ދެ ގައުމުގެ ދެމެދުގައިވާ ކަނެކްޓިވިޓީ އިތުރުކޮށް ރާއްޖޭގެ ޓޫރިޒަމް ދާއިރާ ފުޅާކުރުމަށްޓަކައި މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ޕާޓްނަރޝިޕްގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ކުރާ ދަތުރުތަކާއި ރާއްޖޭގެ ތެރޭގައި ކުރާ ޑޮމެސްޓިކް ދަތުރުތައް ފަސޭހަވެ، ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. އަދި މި ޕާޓްނަރޝިޕްގެ މައިގަނޑު މަޤްޞަދަކީ ސަރަޙައްދީ ގުޅުންތައް ބަދަހިކޮށް، ފަތުރުވެރިކަން ކުރިއެރުވުމަށް އެހީތެރިވެދިނުން ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.
އެއާ އިންޑިއާ މެދުވެރިކޮށް އިންޑިއާގެ ނިއުދިއްލީ އާއި މުމްބާއީ އިން ރާއްޖެއަށް އަންނަ ފަރާތްތަކަށް، މާލޭގައި ގިނަ ވަގުތު މަޑުކުރަން ނުޖެހި، ކަނެކްޓިން ޑޮމެސްޓިކް ފްލައިޓްތަކުގައި ރާއްޖޭގެ އެކި މަންޒިލްތަކަށް ދަތުރު ކުރެވޭނެއެވެ. މޯލްޑިވިއަން އިން މިހާރުވެސް ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރަމުން އަންނައިރު، މި އެގްރީމެންޓާއެކު މި ހިދުމަތްތައް ބޭނުންކުރަން ފަސޭހަވާނެ ކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.
މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވީ މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ. އަދި މިއީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަސިންޖަރުންނަށް ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ އައު ބާބެއް ކަމަށް ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ދެޤައުމުގެ ދެމެދުގައި ފަތުރުވެރިކަމާއި ވިޔަފާރީގެ ދަތުރުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މުހިންމު ދައުރެއް އަދާވެގެންދާނެ: އިޔާސް
މީގެ އިތުރުން އެއާ އިންޑިއާގެ ޗީފް ކޮމާޝަލް އޮފިސަރު ނިޕޫން އަގަރްވާލް ވިދާޅުވީ ރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލްކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމުގެ ހާއްސަ އޮޕަރޭޝަނެއް
8 މިނިޓު ކުރިން

މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި
12 މިނިޓު ކުރިން

ކައުންސިލް އިންތިހާބުގެ އޮފިޝަލުންނަށް މިހާތަނަށް ކުރިމަތިލީ 3000 މީހުން
18 މިނިޓު ކުރިން
-1765079250590.webp&w=3840&q=75)
ދިވެހި ތަރިކައިގެ ބައެއް ނަކަލު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ހަވާލުކުރައްވައިފި
23 މިނިޓު ކުރިން


