logo

ހުރިހާ ރަށެއްގައިވެސް މަޝްރޫޢުތައް ކުރިއަށްގެންދާނަން: ފިނޭންސް މިނިސްޓަރު ޒަމީރު

profile

އައިޝަތު އިނާޝާ - 18 ނޮވެމްބަރު 2024 - 13:17

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ބަޖެޓުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މަޝްރޫޢުތައް ކުރިއަށްގެންދަވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓުގެ ބަހުސް ކުރިއަށް ދިޔައިއިރު، މިނިސްޓަރު ޒަމީރު ވަނީ ބަޖެޓު ބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރަށްރަށުގައި ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކާ ގުޅިގެން މެންބަރުން ދެއްކެވި ވާކަހަތަކާ ގުޅުވައި މިނިސްޓަރު ވިދާޅުވީ ޕްރޮޖެކްޓް ލިސްޓެއް ބާއްވައިގެން ޕްރޮޖެކްޓްތައް ޖަހާފައި ހުރީ ކުޑަ އަދަދެއް ކަމަށެވެ. އެގޮތުން ކުޑަ އަދަދެއް ޖަހައިގެން ޕްރޮޖެކްޓެއް ފެށީމާ އެތައް ބައިވަރު ޕްރޮޖެކްޓެއް ޕައިޕްލައިންގަ ކުރިއަށް ނުގޮސް ހުރި ކަން ކުރިންވެސް ބަޖެޓު ކޮމިޓީގައި ދެންނަވާފައިވާނެ ކަމަށެވެ.

އެއްގޮތަކީ ބަޖެޓު ނެތިގެން އަނެއް ގޮތަކީ ކޭޝްފްލޯ ނެތިގެން. ނޫނީ އެ ހަވާލުކުރާ ކުންފުންޏަށް ނުވުން: މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ އެމްޓީސީސީއާ ވެސް އެތައް ޕްރޮޖެކްޓެއް ހަވާލުކޮށް ގާތްގަނޑަކަށް 18 ބިލިއަން ރުފިޔާ ފައިނޭންސް ވެސް ކުރެވޭނެ ގޮތެއް ނެތިފައި ހުރިކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިފަހަރުގެ ޕްރޮޖެކްޓްތައް ހިމަނާފައި ހުންނާނީ އެ ހުރިހާ ކަމަކަށް ބަލާފައި ކަމަށެވެ. މިނިސްޓަރު މިފަހަރުގެ ޕްރޮޖެކްޓުތައް ޕްރައޯރަޓައިޒްކޮށް ވިސްނާާފައި އޮތީ ޕްރޮޖެކްޓުގެ ޕްރޮޕަރައިޓަރީ ފަންޑު އެލޮކޭޓްކޮށް ހަދާފައި ރައީސުލްޖުމްހޫރިއްޔާގެ ޕްރައޯރަޓައިޒް ލިސްޓުގެ ތެރެއިން ޕްރޮޖެކްޓުތައް ކުރިއަށްގެންދަން ކަމަށެވެ.

އަޅުގަނޑު ދޭން އޮތް ޔަގީންކަމަކީ މިހާރު އަޅުގަނޑުމެން ގެންގުޅޭ ލިސްޓުގައި ވެސް އެއްވެސް ރަށެއް އުނިވެފައެއް ނޯންނާނެ: މިނިސްޓަރު

ފާހަގަކޮށްލެވޭ ގޮތުގައި އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓަކީ ރައްޔިތުންގެ އުއްމީދުތަކާއި ހުވަންތައް ހަގީގަތަކަށް ހެދުމަށްޓަކައި ސަރުކާރުން އެކުލަވާލާ މަގު ޗާޓެއް ކަމަށް ސަރުކާރު މެމްބަރުން ފާހަގަކުރައްވައެވެ. އެގޮތުން ސަރުކާރު މެމްބަރުން ވިދާޅުވާ ގޮތުގައި މި ބަޖެޓަކީ މިހާރު ގައުމަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދޭނެ ބަޖެޓެކެވެ.

ބައެއް މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި ކޮންމެ ރަށެއްގައި ކުރަން ހުންނަ ހުރިހާ މަސައްކަތެއް ފެންނަން ހުރުމަކީ ރައްޔިތުންނަށް މުހިއްމު ކަމެއް ނޫނެވެ. ރައްޔިތުންނަށް މުހިއްމުވާނީ. މެމްބަރުން ދެކިވަޑައިގަންނަވާ ގޮތުގައި މަޝްރޫއުތައް ފަށައި އެ މަޝްރޫއުތައް ނިންމޭކަން ކަށަވަރުކުރުމެވެ.

މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި މި ބަޖެޓުން މި ގެނެސްދެނީ އެ އުއްމީދެވެ. ހުއްޓިފައި އޮތް ގައުމުގެ އިގްތިސާދު އަލުން ބާރަށް ހިނގައިގަންނާނީ މި ބަޖެޓު ފުރިހަމައަށް ތަންފީޒުކުރެވުމުން ކަމަށް މަޖިލީހުގެ މެޖޯރިޓީން ގަބޫލުކުރެ އެވެ.


https://int.etukuri.mv/
tel:+9607331319