logo

މިއަދަކީ އީސީގެ ރައީސްކަމުގައި ފުއާދު މަސައްކަތްކުރާ އެންމެ ފަހު ދުވަސް

profile

އައިމިނަތު ރޫޔާ - 23 ނޮވެމްބަރު 2024 - 14:58

އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް

އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް

މިއަދަކީ އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސްގެ ގޮތުގައި މަސައްކަތްކުރާ އެންމެ ފަހު ދުވަސްކަމަށް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ފުއާދު މިއަދު ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ އިލެކްޝަންސް ކޮމިޝަންގައި ފުއާދުގެ ދައުރުގެ އެންމެ ފަހު ދުވަސް ކަމުގައެވެ. ފުއާދު ވަނީ އޭނާއެކު މަސައްކަތްކުރި ހުރިހާ މެމްބަރުންނާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. އޭގެ ތެރޭގައި (ސެޕްޓެމްބަރ 2008- އޭޕްރީލް 2014) ގައި ފުއާދުއާކީގައި މަސައްކަތްކުރެއްވި އަދި އެއްބާރުލުން ދިން ހުރިހާ މެމްބަރުންނަށްވެސް ފުއާދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފުއާދު ވަނީ ދެއްވި އިތުބާރާއި އެއްބާރުލުމަށްޓަކައި ހުރިހާ ސިޔާސީ ޕާޓީތަކަށާއި، މުއައްސަސާތަކަށް، އަދި ރައްޔިތުންނަށްވެސް ޝުކުރު އަރިސްކުރައްވާފައެވެ.

ފާހަގަކޮށްލެވޭގޮތުގައި،އީސީގެ މެމްބަރުކަމަށް ފުއާދު ހޮވިވަޑައިގަތީ 2019 ވަނައަހަރުގަައެވެ. އޭގެފަފުން 2021 ވަނަ އަހަރު ފުއާދު ވަނީ އީސީގެ ރައީސް ކަމަށް އައްޔަންކުރައްވާފައެވެ. ދައުރު ހަމަވިއިރުވެސް ފުއާދު ހުންނެވީ އީސީގެ ރައީސް ކަމުގެ މަގާމުގައި ކަން ފާހަގަކޮށްލެވެއެވެ.

އީސީގެ މެމްބަރުކަމަށް ފުއާދު އަލަށް ގުޅިވަޑައިގަތީ 2008 ވަނަ އަހަރުގައެވެ. އިސީގެ ގަވާއިދު ބުނާގޮތުންނަމަ، ދެ ދެ ދައުރަށް ވުރެ އިތުރަށް އެ ކޮމިޝަންގެ މެންބަރު ކަމުގައެއް ނުހުރެވޭނެއެވެ.ފުއާދަކީ ސަރުކާރުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި، ތަޖުރިބާކާރު ބޭފުޅޭކެވެ.

https://wamco.com.mv/
tel:+9607331319