logo

އޮޕަރޭޝަން އަލިމަގު: އައްޑޫގެ 10 ތަނެއް ބަލައިފާސްކޮށް މިހާތަަނަށް 10 މީހުން ހައްޔަރަށް

profile

އައިޝަތު އިނާޝާ - 06 ޑިސެމްބަރު 2025 - 06:15

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން އަލިމަގު" ގައި އައްޑޫ ސިޓީ އިން މިހަތާނަށް ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައިފާސްކޮށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

https://wamco.com.mv/

ފުލުހުން ބުނީ އެމީހުންގެ ތެރެއިން 6 މީހަކު ކޯޓަށް ހާޒިރުކުރެވި ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު މީހަކު ހުކުރު ދުވަހު ވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކޮށްފައި ކަމަށެވެ. އެއީ ސ. ހިތަދޫ / ގުލްކަނދުގެ، ޙަސަން ނަޒީފް (36އ) ކަމަށް ފުލުހުން މައުލޫމަތު ދެއެވެ.

ފުލުހުން ބުނީ އޭނާ ކޯޓަށް ހާޒިރުކުރުމުން 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަނުގައި ފުލުހުން ވަނީ އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ އެއް ނެޓްވޯކްގެ އިސް މީހުންތަކެއް ހައްޔަރުކޮށްފައިވާކަމަށް ބުނެފައެވެ. އަދި އެ މީހުންނަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުރުމުގެ ތުހުމަތު ކުރެވޭ ބައެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ވަނީ އެމީހުންގެ ވަރަވަރު އާންމުކޮށްފައެވެ.

އެގޮތުން އައްޑޫ ސިޓީ ހިތަދޫ އިން ފުލުހުން ހައްޔަރު ކޮށްފައިވާ 5 މީހުންނަކީ ސ.ހިތަދޫ ކޮންމުލި، އަލީ ނަދީމް (30އ) އާއި ސ. ހިތަދޫ ފަލާޙް، ހާފިޡު ފައުޒީ (31އ) އާއި ސ. ހިތަދޫ ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ސ. ހިތަދޫ ދޮރުފޮތިމާގެ، ޙަސަން ޢަލްފާފް (28އ) އަދި ސ. ހިތަދޫ ކެކުރިމާގެ، އަމީން މުޙައްމަދު (23އ) އެވެ.

undefined

މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާގައި އައްޑޫގައި ކުރަމުންދިޔަ ނެޓްވޯކްގެ އިސް މީހުން ހޯދައި ތަހުގީގް ކުރުމުގެ މަސައްކަތް ކުރިއްސުރެ ދިޔައީ ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި މި ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

"އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއްކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay