logo

އިންތިހާބުގެ ދެވަނަ ބުރުގައި ވަކި މީހަކަށް ތާޢީދު ނުކުރުމަށް ޖޭޕީން ނިންމައިފި

profile

އަހުމަދު ޒަލީފު - 16 ސެޕްޓެމްބަރު 2023 - 16:53

ސަންގު ބަހުސްގެ ތެރެއިން ޤާސިމް ؛ ފޮޓޯ ސަންގު

ސަންގު ބަހުސްގެ ތެރެއިން ޤާސިމް ؛ ފޮޓޯ ސަންގު

އިންތިހާބުގެ ދެވަނަ ބުރުގައި ވަކި މީހަކަށް ތާޢީދު ނުކުރުމަށް ޖޭޕީން ނިންމައިފިއެވެ.

އެގޮތަށް އެ ޕާޓީން ނިންމާފައި ވަނީ މިއަދު ބޭއްވި ކައުންސިލް ބައްދަލުުމެއްގައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައިވަނީ އެމްޑީޕީ އާއި ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނެރިފައިވާ ކެނޑިޑޭޓުންނެވެ. ފުރަތަމަ އިންތިހާބުގައި ކުރި ހޯއްދަވާފައިވަނީ އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އެއީ 46.16 އިންސައްތައިންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވަނީ 39.02 އިންސައްތައެވެ. އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނައިން ނުލިބޭތީ ދެވަނަ ބުރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ޖޭޕީން މިގޮތަށް ނިންމެވިއިރު، ގާސިމްއާއި ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން ސަން އައިލެންޑްގައި ކޯލިޝަން މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ.އަ ދި ރައީސް ސޯލިހް ދެ ދުވަހުގެ މުއްދަތަކަށް ސަން އައިލެންޑަށް ވަޑައިގެން ގާސިމްއާއިއެކުގައި ވަނީ ދެވަނަ ބުރަށް ތާއީދު ހޯދެއްވުމަށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

tel:+9607331319