logo

7 އަހަރުގެ ހުވަފެން ހަޤީޤަތަކަށް! ރާއްޖޭގެ ފުރަތަމަ 3 ވީ 3 ދަނޑު ގެމަނަފުށީގައި!

profile

އަހުމަދު ޒަލީފު - 25 އޭޕްރީލު 2023 - 23:40

ގެމަނަފުށީގައި ޤާއިމު ކުރި ދަނޑު

ގެމަނަފުށީގައި ޤާއިމު ކުރި ދަނޑު

ރާައްޖެތެރޭގެ ރަށެއްގައި އެޅި ފުރަތަމަ 3 ވީ 3 ދަނޑު ގއ.ގެމަނަފުށީގައި އަޅައިފިއެވެ.

މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ގެމަނަފުށީ ސްޕޯޓްސް ކްލަބުގެ ފަރާތުންނެވެ. މި މަސައްކަތާއި ގުޅޭގޮތުން "އަސްލު" ނޫހަށް މައުލޫމާތު ދެމުން އެ ކުލަބުގެ ފައުންޑަރ އިސްމާޢީލް އިޒްހާން ވިދާޅުވީ މި ޚިޔާލަކީ 2016 ވަނަ އަހަރުން ފެށިގެން ކުރަމުން އައި ޚިޔާލެއް ކަމަށާއި، އެކި އަހަރު ތަކުގައި މި މަސައްކަތާގުޅޭ އެކި އެކި މަސައްކަތް ކުރެވުނު ކަމަށެވެ.

ގެމަނަފުށީގައި ޤާއިމު ކުރި ދަނޑު

މިއީ ވަރަށް ބޮޑު އުއްމީދެއް. މީގެ އަހަރު ތަކެއް ކުރިން އައި ޚިޔާލެއް ހަޤީޤަތަކަށް ވެގެން މި ދިޔައީ އެތައް ބައެއްގެ އެހީތެރިކަމާއެކު. ޚާއްޞަކޮށް ގެމަނަފުށި ކައުންސިލުން ލިބުނު އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވަން - އިޒްހާން ވިދާޅުވިއެވެ.

މި ދަނޑަކީ ރާއްޖޭގެ ރަށެެއްގައި ޤާއިމު ކުރެވުނު ފުރަތަމަ ދަނޑުކަމަށްވާއިރު، މިއީ މުޅި އެ އަތޮޅަށާއި އެ ރަށަށް ލިބުނު ވަރަށް ބޮޑު ފަޚުރެއްގެ ގޮތުގައި ގެމަނަފުށި ސްޕޯޓްސްގެ ފަރާތުން ފާހަގަ ކުރެއެވެ.

ގެމަނަފުށީގައި ޤާއިމު ކުރި ދަނޑު

https://wamco.com.mv/
tel:+9607331319