logo

އިތުރު 64 ފަރާތަކަށް އައި.ވީ.އެފް ފަރުވާއަށް އެހީ ހަމަޖައްސައިދީފި

profile

ޒިދާން މުޙައްމަދު - 16 ނޮވެމްބަރު 2024 - 13:02

"އައި.ވީ.އެފް" ފަރުވާގެ ދެވަނަ ބުރުގެ މުރާޖަޢާ ކުރެވިފައިވާ ލިސްޓް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އާންމުކޮށްފިއެވެ.

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ހާސިލްކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ "އައި.ޔޫ.އައި" އަދި "އައި.ވީ.އެފް"ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި، "'އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" ވަނީ އެކުލަވާލައި އާންމުކޮށްފައެެވެ.

އެ އުސޫލުގެ ދަށުން އެންސްޕާއިން އާންމު ކުރި ""އައި.ވީ.އެފް" ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް" މެދުވެރިކޮށް އެހީއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެވަނަ ބުރުގައި ހުށަހެޅި ފަރާތްތަކުގެ ލިސްޓާ ގުޅިގެން އެ އެޖެމްސީއަށް ހުށަހެޅި ޝަކުވާތަކަށް ރިޢާޔަތްކޮށް ދެވަނަ ބުރުގެ ލިސްޓް މުރާޖަޢާ ކުރުމަށްފަހު އެންސްޕާއިން ވަނީ ގެޒެޓްކޮށްފައެވެ.

މިގޮތުން ދެވަނަ ބުރުގައި ފޯމު ހުށަހެޅި ޖުމްލަ 216 ފަރާތްތަކުގެ ތެރެއިން، އުސޫލުގެ ދަށުން އެހީއަށް ޝަރުތު ހަމަވެފައިވާ 64 ފަރާތަށް، ދެވަނަ ބުރުގައި އެހީ ހަމަޖެހިފައިވާކަމަށް އެންސްފާއިން ވަނީ ބުނެފައެވެ. އަދި ދެވަނަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން 30 ނޮވެމްބަރ 2024 ގެ ކުރިން ފަރުވާ ކުރިޔަށްގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާގުޅޭގޮތުން އެއެޖެންސީން އެފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދޭނެކަމުގައި ވެސް ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް އެދޭނަމަ، ނުވަތަ އެހީތެރިކަން ބޭނުންވާނަމަ، އެއެޖެންސީގެ ހޮޓްލައިން 1402 ނުވަތަ [email protected] މެދުވެރިކޮށް ހުށަހެޅޭނެކަމަށްވެސް އެންސްޕާއިން ބުނެއެވެ.

https://wamco.com.mv/
tel:+9607331319