
ރައީސް އޮފީސް
ރޯދަ މަހު ސަރުކާރުގެ މަސައްކަތުގެ ގަޑި އިއުލާންކޮށްފި

މުޙައްމަދު ފަޟްލޫން - 15 ފެބްރުއަރީ 2026 - 12:21
ކުރިންވެސް ހަމަޖައްސަވައިފައިވާގޮތަށް، މި އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.
ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ހަމަޖައްސަވައި، އެކަމާބެހޭ ދެންނެވުމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައި ވަނީ 2022 ވަނަ އަހަރުގެ މާޗް މަހުގެ 6 ވަނަ ދުވަހުއެވެ.
ކޮންމެ އަހަރެއްގައިވެސް ރަމަޟާން މަހުގެ މަސައްކަތު ގަޑި އާއްމު މަސްތަކަށްވުރެ ކުރެވެެ. އެއީ ލުއިފަސޭހަކުރުމާއި އަދި ދީނީ ކަންކަމުގައި ޝާމިލުވެ އުޅުމަށް ވަގުތު ދިނުމަށް ގެންނަ ބަދަލެކެވެ.
ހުސްވި އަހަރުން ފެށިގެން ރަމަޝާން މަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅަން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގެމަނަފުށީގެ ތަރައްޤީއަށް "އެންމެންގެ ނައީމްބެ": ރައްޔިތުންގެ ހިނިތުންވުމަށް އުންމީދީ ތަޞައްވުރެއް!
6 ގަޑިއިރު ކުރިން

ފިތުރު ޕޯޓަލްއާ ގުޅޭ ހާއްސަ ތަމްރީންތަކެއް
9 ގަޑިއިރު ކުރިން

ހެޔޮ އެދޭ ފަރާތަކުން ހއ. އިހަވަންދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި
9 ގަޑިއިރު ކުރިން

ޕިލަރ 7.2 ކޯ-ކްރިއޭޝަން ޑޭގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވަނީ
10 ގަޑިއިރު ކުރިން


.gif&w=3840&q=75)