
ކާނާގެ ޔަގީންކަން އޮންނަ މިންވަރަށް ދަނޑުވެރިކަން ފުޅާކުރުމަކީ އުއްމީދެއް: ރައީސް

މުޙައްމަދު ފަޟްލޫން - 15 އޮކްޓޯބަރު 2025 - 11:21
ރާއްޖެއަށް ފުދޭވަރަށް ކާނާގެ ޔަގީންކަން އޮންނަ މިންވަރަށް ދަނޑުވެރިކަން ފުޅާކުރުމަކީ ކުރައްވާ އުއްމީދެއް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ދަނޑުވެރިންގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހި ބިންތަކަކީ ފައިދާހުރި މޭވާއާއި، ތަރުކާރީ އަދި ގޮވާމާއި ފަލަމަޑި ލިބޭ، މުޑުވައްކުރަން ރަނގަޅު ބިންތަކެއްކަން ކާބަފައިން ސާބިތުކޮށްދީފައިވާ ކަމަަށެވެ.
ރައީސް ވަނީ ދަނޑުވެރިންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖޭގެ ހުރިހާ ދަނޑުވެރިންނަށް ފޮނުއްވާފައެވެ.
ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައެވެ.
ދަނޑުވެރިކަން ކުރިއަރުވައި ދިވެހި ދަނޑުވެރިންނަށް ތަމްރީންތައް ދިނުމުގެ އެކި ޕްރޮގްރާމްތައް ހިންގައި މި ސިނާއަތް ކުރި އެރުވުމަށް މިސަރުކާރުން ދަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ ހިންގާ ސްކޭމްތަކަށް ސަމާލުވޭ: ފުލުހުން
8 ގަޑިއިރު ކުރިން
-1788853503519.webp&w=3840&q=75)
އެންއެސްއައިޓީ ބެޗް 3: "ކޭމްޕް ފަންވަރު" ކާމިޔާބުކަމާއެކު ނިންމާލައިފި
9 ގަޑިއިރު ކުރިން

ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ޚާއްޞަ މަހާސިންތާއެއް!
9 ގަޑިއިރު ކުރިން

ލ. ގަމުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެ
9 ގަޑިއިރު ކުރިން


