logo

ޝަމްއާން ރައީސް އާއި ބެހޭ ގޮތުން ހެއްދެވީ ބުހުތާނު ދޮގު: ތަރުޖަމާނު

profile

މުޙައްމަދު ފަޟްލޫން - 09 ޖޫން 2026 - 17:11

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަމާޒުކުރައްވައިކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުޙައްމަދު ޝަމްޢާން، ދެއްކެވި ވާހަކަފުޅުތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫން ކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުންދު ވިދާޅުވީ ޝައްމާން ރައީސް ޑރ މުއިއްޒާއި ބެހޭ ގޮތުން ކުރަމުންދާ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު އިލްޒާމްތަކެއް ކަމަށެވެ.

ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލި ތިން ދަޢުވާއެއް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުގެ ކުރިން މީޑިއާތަކަށް ދެއްވި ބަޔާނެއްގައި އޭނާ ވަނީ، ހޯމް މިނިސްޓަރު ޢަލީ އިޙްސާން ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގަވާކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާކުރެއްވި ކަމަށް ބުނެފައެވެ.

އަދި އެ މަޢުލޫމާތު ޙިއްސާކުރުމުން، އޭނާއަކީ ވަފާތެރި ބޭފުޅެއް ނޫން ކަމަށް ރައީސް ވިދާޅުވި ކަމަށްވެސް ޝަމްޢާން ތުހުމަތުކުރެއްވިއެވެ.

މިކަމާ ގުޅިގެން މުންދު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅު ބޭނުންކުރައްވައިގެން ޝަމްޢާން ދެއްކެވި އެއްވެސް ވާހަކަފުޅެއްގައި އެއްވެސް މިންވަރެއްގެ ތެދު މަޢުލޫމާތެއް ނެތް ކަމަށެވެ.

ހޯމް މިނިސްޓަރ ޢަލީ އިޙްސާނަށް އަމާޒުކޮށް ޝައްމާނު ކުރި ތުހުމަތުތަކަށް ރައްދުދެއްވަމުން މުންދު ވިދާޅުވީ، ބިދޭސީންގެ ކޯޓާ އާއި ވޯކް ޕާމިޓާ ގުޅޭ ނިންމުންތައް ނިންމުމުގެ އެއްވެސް އިހްތިޔާރެއް އިޙްސާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެފަދަ ނިޒާމުތައް ބޭނުންކުރުމަކީ މިނިސްޓރ އިހްސާނަށް ހުއްދަ އޮންނަ ކަމެއް ނޫންކަމަށް މުންދު ވިދާޅުވިއެވެ.

ޝަމްއާނު ތުހުމަތުކުރި ގޮތުގައި، އޭނާއާ ދެކޮޅަށް ހެކިބަސް ދިން ފަރާތްތަކަށް ދައުލަތުން ވަނީ އިނާޔަތްތަކެއް ނުވަތަ ލުއިތަކެއް ދީފައެވެ. އެހެންނަމަވެސް، ޝަމްއާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާވެސް، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް މިއަދު ކޯޓުން ވަނީ ކަނޑައަޅައި ހުކުމްކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk