logo

ރަޝިޔާގެ ކޮންސުލް ޖެނެރަލް ޕީޖީ އާއި ބައްދަލުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 28 މޭ 2025 - 13:29

ގާނޫނީ ގޮތުން ގާބިލްކަން އިތުރުކުރުމުގެ މަގްސަދުގައި ރަޝިޔާގެ ކޮންސުލް ޖެނެރަލް އެލެކްސީ އެމް އިޑަމްކިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަލްއުސްތާޛު އައްބާސް ޝަރީފް އާއި ބައްދަލުކުރައްވައިފިއެވެ.

https://wamco.com.mv/

މި ބައްދަލުކުރެއްވުން އޮތީ ޕީޖީ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ގާނޫނީ ދާއިރާއިން އެއްބާރުލުން ދިނުމާއި ގާނޫނީ ގޮތުން ގާބިލްކަން އިތުރުކުރުމަށް ދެބޭފުޅުންވެސް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ޤާނޫނީ ދާއިރާގައި ގުޅުން ބަދަހިކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި އަދި ގުޅުންހުރި އެހެނިހެން ދާއިރާތަކުން އެއްބާރުލުން ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމަކީ މާނަހުރި، ފައިދާ ކުރަނިވި ބައްދަލުވުމެއް ކަމަށް ދެ ފަރާތުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމަކީ ދެގައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން ވަރުގަދަވަމުން އަންނަކަން ދައްކުވައިދޭ ކަމެކެވެ.

މީގެ ކުރިން ރަޝިޔާގެ ސަރުކާރާއި ދިވެހި ސަރުކާރުގެ ގުޅުން ކުޑަ ނަމަވެސް މިއަދު ބޭއްވުނު ބައްދަލުވުމަށް ފަހު ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ބެލެވެއެވެ.

ރަޝިއަން ފެޑެރޭޝަންގެ ފަރާތުން ފުރަތަމަ ފަހަރަށް ކޮންސުލް ޖެނެރަލެއް ރާއްޖެއަށް އައްޔަންކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

ރަޝިޔާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުންދާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ރަޝިޔާގެ ކޮންސުލް ޖެނެރަލެއް ހުރުމުގެ ސަބަބުން އެކަމުގެ ފައިދާ ކުރާނެ ކަމަށް ފޮރިން މިނިސްޓަރ ޑރ އަބްދުﷲ ޙަލީލްވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay