logo

އެމްޑީޕީ ސަރުކާރުގައި ދޫކުރި ގޯތި, އެއީ ހިންގި ސިހުރެއް: އިޝާން

profile

އައިޝަތު އިނާޝާ - 24 ސެޕްޓެމްބަރު 2024 - 14:00

ބާބު ޕްރޮގްރާމްގެ ތެރެއިން- ފޮޓޯ: އަސްލު ޓީވީ

ބާބު ޕްރޮގްރާމްގެ ތެރެއިން- ފޮޓޯ: އަސްލު ޓީވީ

ނިމިދިޔަ އެމްޑީޕީސަރުކާރުގައި ދޫކުރި ގޯތިތަަކަކީ އެޕާޓީން ހިންގި ސިހުރެއް ކަމަށް ހައުސިންގ މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އިޝާން އަހުމަދު ވިދާޅުވެއްޖެއެވެ.

އަސްލު ޓީވީގެ ބާބު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިޝާން ވިދާޅުވީ އިދިކޮޅު އެމްޑީޕީން ދިވެހި ރައްޔިތުންނަށް ހެވެއް ވާން ނޭދޭނެ ކަމަށެވެ.

އިޝާން ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރޭގައި ދިގު މުއްދަތަކަށް ރައްޔިތުންނަށް ފައިދާ ކުރާނެ ގޮތްތަކެއް ހޯދާފައި ނުވާ ކަމަށެވެ.

އެކަމުގެ މިސާލެއްގެ ގޮތުގައި އިޝާން ނެންގެވީ އެމްޑީޕީ ސަރުކާރުގައި ދޫކުރި ގޯތިތަކެވެ. އެއީ އެޕާޓީން ހިންގި ސިހުރެއް ކަމަށް ސިފަކުރަށްވައި އިޝާން ވިދާޅުވީ ހަމަ އެކަނި ގަނޑު ކޮޅެއް ހަވާލުކޮށްލުމަކުން ގޯތި އަދި ނުލިބޭ ކަމަށެވެ.

މިހާރު ގޯއްޗެއް އަޅުގަނޑަށް ލިބުނަސް، މިސާލަކަށް ބިމެއް ނެތިއްޔާ އެ ގަނޑުކޮޅު އަޅުގަނޑު އަތުގައި އޮވެގެން ކީއްތޯއޭ ކުރާނީ؟ އެބިން ނުވަތަ އެވަސީލަތްތައް އެތާނގައި ގާއިމްވެފައި ނެތިއްޔާ: އިޝާން

އެމްޑީޕީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 23،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅިއިރު، ފުރަތަމަ ބުރުގައި 9001 ގޯތި ދޫކުރުމަށް ނިންމިއެވެ. އެއީ ހުޅުމާލެއާއި ގުޅީފަޅާއި، ގިރާވަރު ފަޅުންނެވެ.

މީގެ އިތުރުން އިދކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިއުންތަކާ ގުޅިގެން އިޝާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މި ސަރުކާރުގެ އެއްވެސް ޕްރެޝަރެއް، ނުފޫޒެއް ނޯންނާނެ ކަމަށެވެ. އިޝާން ވިދާޅުވީ ޗޮކްލެޓު ބަންދު ކުރާކަށް، ޕެންޑޯލް ބަންދުކުރާކަށް ރައްޔިތުންގެ މަޖިލިސް މެންބަރުން ރައީސް މުއިއްޒު، އެމަނިކުފާނުގެ ގެކޮޅު ދިމްޔާތަށް ނުގެންދަވާނެ ކަމަށެވެ.

މިއަދު ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތްކަން ފާހަގަ ކުރަށްވައި އިޝާން ވިދާޅުވީ 20 ވަނަ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 12 މެންބަރުންގެ ފަރާތުން ފެނިގެންދަނީ މާލާމާތް ކުރުމާއި، ޖެއްސުން ކުރުމާއި ފުރަށްސާރަ ކުރުން ކަަމަށެވެ.

ހާއްސަކޮށް މީހުންގެ ޒާތީ ކަންކަމާ ބެހުން އަސްލު އެ ބޭފުޅުންގެ މި އޮންނަނީ. ގާނޫނާއި ގަވާއިދުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުމަށް މަސައްކަތްކުރާ އިދިކޮޅެއްގެ ރޯލެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ޒިންމާދާރު އިދިކޮޅު މަސައްކަތްތަކެއް ކުރާ ސިޔާސީ ޕާޓީއެއް ނެތް: އިޝާން

އިދިކޮޅު ފަރާތްތަކުގެ ކިބައިން ފެނިގެންދަނީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ ޒާތަށް ވަރަށް ބޮޑަށް އަރައިގަންނަ މަންޒަރުކަން ފާހަގަ ކުރައްވައި އިޝާން ވިދާޅުވީ އެހެންނަމަވެސް މިސަރުކާރުން ސިޔާސީ ގޮތުން ދައްކާ އެއްވެސް ވާހަކައަކާ ގުޅިގެން އެއްވެސް މީހަކު ހިފައި ހައްޔަރު ނުކުރާނެ ކަމަށެވެ.

https://wamco.com.mv/
tel:+9607331319